Last Updated: May 3, 13:49
Friday, May 3, 2024
ރިޕޯޓް

ރޯދަ ރަހަ: ބޭކަޑް ޗިކެން ޕާސްޓާ

* ބޭނުންވާ ތަކެތި:

4 ޖޯޑު ފެން
2 ޖޯޑު ރުންމޯ ޕެންނޭ ރިގާޓޭ
½ 1 ސައިސަމުސާ ލޮނު
3 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް
½ ޖޯޑު ފިޔާ (ގޮޅިކޮށް ކޮށާފައި)
½ 1 މޭޒުމަތީ ސަމުސާ ލޮނުމެދު (ކުދިކޮށް ތުނިކޮށް ކޮށާފައި)
1 ރަތް ކުލައިގެ ބެލް ޕެޕަ (½ އިންޗީގެ އެތިކޮޅުކޮޅަށް ކޮށާފައި)
1 ޖޯޑު ކުކުޅު (ކުދިކޮށް ކޮށާފައި)
½ ސައިސަމުސާ މުގުރި އަސޭމިރުސް
9 މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕޭސްޓް
2 ސައިސަމުސާ ތެޅި މިރުސް
1 ސައިސަމުސާ އޮރެގަނޯ
½ ޖޯޑު + 2 މޭޒުމަތީ ސަމުސާ ގާނާފައި ހުރި ޕާމެސާން ޗީޒް

1 ޖޯޑު މޮޒަރެލާ ޗީޒް (ތުނިކޮށް ކޮށާފައި)

* ތައްޔާރު ކުރާނެ ގޮތް:

1. ތެއްޔަކަށް ފެން އަޅައި އެ ބޮކިޖަހާ ކެކި ގަންނަންދެން ކައްކާށެވެ. ފެންގަނޑު ކެކި ގަތީމައި އޭގެ ތެރެއަށް ރުންމޯ ޕެންނޭ ރިގާޓޭ ޕާސްޓާއާއި ½ ސައިސަމުސަލުގެ ލޮނު އަޅާށެވެ. ދެން ޕާސްޓާ މަޑުވަންދެން ޕާސްޓާކޮޅު ފެނު ކައްކާށެވެ. އަހަރުމެންނަށް ހެޔޮވަރު ވަރަށް ކެކުނީ 12 މިނިޓުންނެވެ.
2. ކެކުނީމައި 2/3 ޖޯޑުގެ ޕާސްޓާ ކެއްކިފެން ނަގާ ފަހުން ބޭނުން ކުރަން ރައްކާ ކޮށްފައި ޕާސްޓާކޮޅު ފުރާނާލާފައި އެހަށް ބަހައްޓާލާށެވެ.
3. 3 މޭޒުމަތީ ސަމުސަލުގެ ތެޔޮ ތެއްޔަކަށް އަޅައި މެދު ގިނީގައި ހޫނު ކުރާށެވެ. ހޫނު ވީމައި އޭގެ ތެރެއަށް ފިޔާކޮޅާއި ލޮނުމެދުކޮޅު އަޅާފައި އަވަސް އަވަހަށް ތެލީގެ ތެރެ ހާވަމުން ފިޔާކޮޅު ކުޑަކޮށް މަޑުވެލަންދެން ކައްކާށެވެ. އަހަރުމެންނަށް މިކަމަށް ނެގީ 2 މިނިޓު ވަރެވެ. ދެން ބެލް ޕެޕަރކޮޅު ތެއްޔަށް އަޅާފައި އަނެއްކާވެސް 2 މިނިޓު ވަންދެން ނޫނީ ބެލް ޕެޕަރކޮޅު ކުޑަކޮށް މަޑުވެލަންދެން ކައްކާލާށެވެ.
4. ދެން ތެލީގެ ތެރެއަށް ކުކުޅާއި، 1 ސައިސަމުސަލުގެ ލޮނާއި، އަސޭމިރުސް އަޅާފައި ކުކުޅު ރޯފިލަންދެން ކައްކާށެވެ. އަހަރުމެންގެ ކުކުޅު ރޯފިލީ 6 މިނިޓުންނެވެ. ކެކެމުން ދާއިރު ތެލީގެ ތެރެ ދޭތެރެއަކުން ހާވާލަން ވާނެއެވެ.
5. ދެން ތެލީގެ ތެރެއަށް ޓޮމާޓޯ ޕޭސްޓް، ތެޅި މިރުސް، ޗިލީ ސޯސް އަދި އޮރެގަނޯ އަޅާ އެއްކޮށްލާފައި 2 މިނިޓުވަރު ކައްކާލާށެވެ.
6. ތެލީގެ ތެރެއަށް ކައްކާފައި ބެހެއްޓި ޕާސްޓާއާއި ރައްކާ ކޮށްފައި ބެހެއްޓި 2/3 ޖޯޑުގެ ޕާސްޓާ ކެއްކި ފެން އަޅާ އެއްކޮށްލާފައި 2 މިނިޓުވަންދެން ކައްކާލާށެވެ. ދެން 2 މޭޒުމަތީ ސަމުސަލުގެ ޕާމެސާން ޗީޒް ތެއްޔަށް އަޅާ އެއްކޮށްލާފައި އަނެއްކާވެސް މިނިޓެއްވަރު ކައްކާލާށެވެ. މިހާރު އެހެރީ ޕާސްޓާކޮޅު އުނދުން މަތީގައި ކައްކާ ނިމިފައެވެ.
7. ޕާސްޓާކޮޅު ދެބަޔަށް ބަހާލާށެވެ. އެއްބައި ޕާސްޓާ ފިހަން ބޭނުން ކުރާނެ ތަބަކުގެ ތެރެއަށް އަޅާ ފަށަލައަކަށް ވާނެ ގޮތަށް ފަތުރާލާށެވެ. އަހަރުމެން ބޭނުން ކުރީ 7.5 އިންޗި 5.5 އިންޗީގެ ތަބަކެކެވެ. ދެން ¼ ޖޯޑުގެ ޕާމެސާން ޗީޒް އޭގެ މަތީގައި ފަތުރާލާށެވެ. ދެން އޭގެ މަތީގައި ½ ޖޯޑު މޮޒަރެލާ ޗީޒް ފަތުރާލާށެވެ.
8. މަތީގައިވާ ގޮތަށް ޕާސްޓާ، ޕާމެސާން އަދި މޮޒަރެއްލާ އަދި އެއް ފަހަރު ފަތުރާށެވެ.
9. 200 ޑިގްރީސް ސެލްސިއަސްގައި 10 މިނިޓު ވަންދެން އަވަން ހޫނުކުރަން ޖައްސާލާށެވެ.
10. ދެން އަވަނުގެ މެދު ރެކުގައި ތަބައް ބައިންދައިގެން 15 މިނިޓުވަންދެން ނޫނީ މައްޗަށް ރަން މުށިކުލަ އަރަންދެން 200 ޑިގްރީސް ސެލްސިއަސްގައި ފިހާށެވެ.

ރެސިޕީ: ލޮނުމެދު