Last Updated: May 3, 17:36
Friday, May 3, 2024
ރިޕޯޓް

ރޯދަ ރަހަ: ފްރޫޓް ޕަންޗް

* ބޭނުންވާ ތަކެތި:

4 ލުނބޯ ފޮތި
4 އޮރެންޖް ފޮތި
4 ސްޓްރޯބެރީ ފޮތި
10 އައިސް ކިޔުބް
½ ޖޯޑު އޭޝިޔާ ފާމް ޕްރިމިއަމް ފްރުޓް ޕަންޗް ކޯޑިއަލް
1 ޖޯޑު ސްޕްރައިޓް

* ތައްޔާރު ކުރާނެ ގޮތް:

1. ލުނބޯ، އޮރެންޖާއި ސްޓްރޯބެރީއިން ½ ސެންޓްމީޓަރުގެ ބޯމިން ހުންނަ 4 ފޮތި ނަގާށެވެ.
2. ދެޖޯޑު ނަގާށެވެ. ދެން ކޮންމެ ޖޯޑެއްގެ ތެރެއަށް ލުނބޯ، އޮރެންޖް އަދި ސްޓްރޯބެރީގެ އެއް ފޮތިލާ ސަމްސަލެއް ނުވަތަ އެކަހަލަ އެއްޗަކުން ޗަސްކުރާށެވެ. މިކަން ކުރަނީ އެމޭވާ ތަކުގެ ރަހަ އިތުރައް ޖޫހަށް ގެނައުމަށެވެ.
3. ދެން ކޮންމެ ތައްޓަކަށް 5 އައިސް ކިޔުބްއާއި، ¼ ޖޯޑު އޭޝިޔާ ފާމް ޕްރިމިއަމް ފްރުޓް ޕަންޗް ކޯޑިއަލް އަޅާލާށެވެ. އެޔަށް ފަހު ލުނބޯ، އޮރެންޖް އަދި ސްޓްރޯބެރީގެ އެއް ފޮތި ކޮންމެ ތަށްޓެގެ ތެރެއަށްލާށެވެ.
4. އެންމެ ފަހުން ½ ޖޯޑުގެ ސްޕްރައިޓް ކޮންމެ ތަށްޓަކަށް އަޅާށެވެ.
5. ދެން ރަނގަޅަށް ސަމުސަލަކުން ޖޫސްތަށި ގިރާލާށެވެ. ގާނިޝް ކުރަން ބޭނުންނަމަ ލުނބޯ، އޮރެންޖް އަދި ސްޓްރޯބެރީގެ ފޮތިތަކުން ކުރެވިދާނެއެވެ.

ރެސިޕީ: ލޮނުމެދު