Last Updated: May 3, 13:49
Friday, May 3, 2024
ޚަބަރު

ސޮނެވާ ސީކްރެޓްސް ހުޅުވައިފި

މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ހދ. މަކުނުދޫ ފަޅުގައި އޮންނަ ދިއްޕަރަފުށީގައި ތަރައްގީ ކުރަން ފެޑި ސޮނެވާގެ ރިސޯޓް، ސޮނެވާ ސީކްރެޓް ހުޅުވައިފި އެވެ.

ސޮނެވާ ސީކްރެޓްސް އަކީ މޫދާއި ބީޗު ހިމެނޭހެން 14 ވިލާގެ އަދި ޓޫރިސްޓުންނަށް ވަރަށް ބޮޑު ޕްރައިވެސީ އަށް ލިބޭ ގޮތަސް އޮތް ރިސޯޓެކެވެ. މި ރިސޯޓް ހަދާފައި ވަނީ 40 މިލިޔަން ޑޮލަރު (614 މިލިޔަން ރުފިޔާ) ހޭދަކޮށްގެންނެވެ. އެގޮތުން
ކޮންމެ ކޮޓަރިއަކަށް 3 މިލިޔަން ޑޮލަރު (46 މިލިޔަން ރުފިޔާ) ހަރަދުކޮށްފައިވެ އެވެ.

ސޮނެވާ ސީކްރެޓްސް އަކީ ހދ. އަތޮޅުގެ ދެވަނަ ރިސޯޓެވެ.

ސޮނޭވާ އިން ރާއްޖޭގައި ހިންގަމުން އަންނަ ރިސޯޓްތަކުގެ ތެރޭގައި ބ. އަތޮޅުގައި ހިންގަމުން އަންނަ ސޮނޭވާ ފުށީގެ އިތުރުން ނ. އަތޮޅުގައި ހިންގަމުން އަންނަ ސޮނޭވާ ޖާނީ އަދި އެ ކުންފުނީގެ ޗާޓާޑް ޔޮޓް ސޮނޭވާ އަކުއާ ހިމެނެ އެވެ.

ރާއްޖޭގައި އެއް ދުވަހުން އަނެއް ދުވަހަށް ރިސޯޓްތަކާއި ސިޓީހޮޓާތަކާއި ގެސްޓް ފަދަ ތަންތަން އިތުރުވަމުން އަންނަ އިރު، ގައުމުގެ އިގުތިސާދު ބިނާވެފައި އޮތީ ޓޫރިޒަމަށެވެ.

ސަރުކާރުން ބުނެފައިވާ ގޮތުގައި އަމާޒަކީ މި އަހަރު 20 ރިސޯޓް ހުޅުވުމެވެ.