Last Updated: May 7, 06:20
Tuesday, May 7, 2024
ޚަބަރު

ފޯނެއް ވަގަށް ނެގި މީހަކު ހޯދަނީ

މާލޭގެ ފިހާރައަކުން ފޯނެއް ވަގަށް ނެގި މީހަކު ހޯދަން ފުލުހުން އޭނަގެ ވީޑިއޯ އާންމުކޮށްފި އެވެ.

ގަލޮޅު ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުން އަންނަ މައްސަލައިގައި ހޯދާ މީހާ އަކީ މިދިޔަ މާޗު މަހުގެ 18 ވަނަ ދުވަހުގެ ވަގުތެއްގައި މަޖީދީ މަގުގައި ހުންނަ "ބަންކާ މޮބައިލް" ފިހާރައިން ފޯނެއް ވަގަށް ނަގާފައިވާ މީހެއް ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް ސީސީޓީވީ ފުޓޭޖުން އެއީ ކާކުކަން ދެނެގަނެވިފައި ނުވާތީ އާންމުންގެ އެހީ އަށް އެދުނީ އެވެ.

އެހެންވެ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާ ނަމަ ގަލޮޅު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9631699 އަށް ގުޅައި ހިއްސާކޮށް ދޭން އެދިފައިވެ އެވެ.