Last Updated: June 12, 20:40
Friday, June 12, 2026
ޚަބަރު

ހަނިމާދޫން ޓޫރިޒަމަށް ބިން ދޫކުރަނީ

ހދ. ހަނިމާދޫން ޓޫރިޒަމް ވިޔަފާރިތަކަށް ބިން ދޫކުރަން ހުޅުވާލައިފިއެވެ.

އެ ރަށު ކައުންސިލުން ބުނީ ދޫކުރަން ނިންމީ 5،000 އަކަފޫޓުގެ 14 ބިން ކަމަށެވެ. ފަންސާސް އަހަރަށް ބިން ދޫކުރަނީ ރަށުގެ އުތުރުފަރާތު ގޮނޑުދޮށް ސަރަޙައްދުންނެވެ. ޓޫރިޒަމް ވިޔަފާރިތަކަށް ހާއްސަކޮށްގެން ބިން ދޫކުރަން ނިންމީ ރަށަށް ވަންނަ އާމްދަނީ އިތުރުކޮށް، އިގުތިސާދީ ހަރަކާތްތައް އިތުރު ކުރުމުގެ ގޮތުންނެވެ.

ކައުންސިލުން ބުނީ މީގެ ސަބަބުން ސީދާ ސަރުކާރުގެ ބަޖެޓަށް ބަރޯސާވުން ކުޑަކޮށް، ކައުންސިލަށް އާމްދަނީ އިތުރުކޮށް ރަށުގެ ތަރައްޤީއަށް މަސައްކަތް ކުރެވޭނެ ކަމަށެވެ.

ބިންތަކަށް ޝައުގުވެރިވާ ފަރާތަކަށް ބީލަން ހުށަހެޅުގެ ފުރުސަތު މި މަހުގެ 30 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ބީލަމުގައި ބައިވެރިވެވޭނީ އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކަށެވެ. އަދި ބީލަމުގައި ބައިވެރިވުމަށް 1،000ރ. ގެ ފީއެއް ދައްކަން ޖެހެ އެވެ.

މިދިޔަ އަހަރު ވެސް ހަނިމާދޫން ޓޫރިޒަމަށް 12 ބިމެއް ދޫކުރަން ހުޅުވާލި އެވެ.