Last Updated: May 3, 17:10
Friday, May 3, 2024
ޚަބަރު

އެންމެ ފަހުގެ ވިނާ އެކްސް-150 ބާޒާރަށް

ޒުވާނުންގެ މެދުގައި މަޤުބޫލު ހޮންޑާ ވިނާ އެކްސް-150 ގެ މިއަހަރުގެ މޮޑެލް ރާއްޖޭގެ ބާޒާރަށް ނެރެ ދިވެހި ރާއްޖޭގެ ހޮންޑާއިން ވިއްކަން ފަށައިފިއެވެ.

މި ސައިކަލަކީ ރާއްޖޭގެ ރޭސިންގް ސްޕޯޓްސްގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މެދުގައި މަޤުބޫލު ސައިކަލެކެވެ. މި ސައިކަލުގެ އެންމެ ފަހުގެ މޮޑެލް ރާއްޖޭގެ ބާޒާރަށް ލޯންޗުކޮށް ހޮންޑާއިން ވިއްކާނީ ޕްރޮމޯޝަނަލް ހާއްސަ އަގެއްގައެވެ. އެގޮތުން 73،500ރ. އަށް މި ސައިކަލު ވިއްކާއިރު އެކި ރާއްޖޭގެ ކަންކޮޅުތަކުގައި ހުރި ރާއްޖޭގެ ހޮންޑާ އައުޓްލެޓްތަކުން މި ސައިކަލު ގަންނަން ލިބޭނެއެވެ. މީގެ އިތުރުން ކަސްޓަމަރުންނަށް ސައިކަލު އިންސްޓޯލްމެންޓަށް ނެގުމުގެ ފުރުސަތުވެސް އޮންނާނެއެވެ.

ހޮންޑާ ވިނާ އެކްސް-150 2024 މޮޑެލް / ފޮޓޯ: ހޮންޑާ މޯލްޑިވްސް

ކަސްޓަމަރުންގެ މެދުގައި މަޤުބޫލު ވިނާ އެކްސް-150 މިއަހަރުގެ މޮޑެލް އަކީވެސް ގިނަ ފީޗަރުތަކެއް ހިމެނޭ ސައިކަލެކެވެ. އެގޮތުން މުޅިއަކު 6 ގިއަރު ހުންނަ މި ސައިކަލުގައި އެސިސްޓް ކަލަޗް އަދި ސްލިޕަރ ކަލަޗް ހުރުމުން ކަލަޗް ބޭނުން ކުރުމަށް ކުރީގެ މޮޑެލްތަކަށްވުރެ ފަސޭހަވެގެން ދެއެވެ. މީގެ އިތުރުން ކުއްލިއަކަށް ބުރަކި ޖައްސާލުމުން ފުރޮޅުތައް ލޮކުވެ ސައިކަލު ކަހަލައިގެން ދިއުމުން ރައްކާތެރިކުރުމަށް "އޭބީއެސް" ބްރޭކިންގް ސިސްޓަމް މި ސައިކަލުގައި ހުރެއެވެ. މިއާއެކު ޔޫއެސްބީ، 'ޓައިޕް އޭ' ޗާޖިން ޕޯޓެއް ހުންނަ މި ސައިކަލުގައިވެސް ހޮންޑާ ސްމާޓް ކީ ސިސްޓަމް ހުރެއެވެ. މިއީ ސައިކަލު ގެންގުޅޭ ފަރާތްތަކަށް ބޮޑު ލުޔަކަށް ވެގެންދާނެ ފީޗަރެކެވެ.
ހޮންޑާ ވިނާ އެކްސް-150 2024 މޮޑެލް / ފޮޓޯ: ހޮންޑާ މޯލްޑިވްސް

ދިވެހި ރާއްޖޭގެ ހޮންޑާއިން މި ސައިކަލު ބާޒާރުގައި މިހާރު ވިއްކަން ފަށާފައިވާއިރު، އެކުންފުންޏަކީ ރާއްޖޭގައި ހޮންޑާ ބްރޭންޑް އޮތޮރައިޒްޑް ޑިސްޓިރިބުއުޓަރ އެވެ. އަދި ހޮންޑާ ކުންފުނީގެ ސާޓިފައިޑް އިންޖިނިއަރުން ސައިކަލުތައް މަރާމާތު ކުރުމަށް ހޮންޑާ ސާވިސް ސެންޓަރުތަކުގައި ތިބެއެވެ. މީގެ އިތުރުން ސީދާ ފެކްޓަރީން ސައިކަލުތަކަށް ބޭނުންވާ ސްޕެއަރސް ކަސްޓަމަރުންނަށް ފޯރުކޮށްދެއެވެ.

ރާއްޖޭގެ ހޮންޑާ އައުޓްލެޓްތައް މާލެއިން ބޭރުގައި، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ލ. ގަން، ގއ. ވިލިނގިލި އަދި ކުޅުދުއްފުށި ސިޓީގައި ހުރެއެވެ. މި އައުޓްލެޓްތަކުން ހޮންޑާ ބްރޭންޑުގެ އެންމެ ފަހުގެ މޮޑެލްތަކުގެ ސައިކަލު ކަސްޓަމަރުންނަށް ލިބިލައްވާނެއެވެ.