Last Updated: April 29, 22:11
Monday, April 29, 2024
ޚަބަރު

މެރިއަޓް އިންޓަނޭޝަނަލް އިން އޯޕަންޑޭތަކެއް ބާއްވަނީ

ރިސޯޓްތަކުގެ ވަޒީފާތަކަށް ބޭނުންވާ ޒުވާނުން ތަމްރީނު ކުރަން މެރިއަޓް އިންޓަނޭޝަނަލް މޯލްޑިވްސް އިން ކުރިއަށް ގެންދާ އެޕްރެންޓިސްޝިޕްގެ މި އަހަރުގެ ޕްރޮގްރާމް ބައިވެރިން ހޯދަން ރާއްޖޭގެ އެކި ހިސާބުތަކުގައި އޯޕަންޑޭތަކެއް ބާއްވަން ނިންމައިފި އެވެ.

އެ ކުންފުނިން އޯޕަންޑޭތައް ކުރިއަށް ގެންދަން ނިންމާފައި ވަނީ މި މަހުގެ 18 އިން ފެށިގެން މެއި 2 އާ ހަމައަށެވެ.

އެގޮތުން ތާވަލު ރޭވިފައި ގޮތަކީ މިއީ:

* އެޕްރީލް 18 ގައި މާލޭގައި
* އެޕްރީލް 20 ގައި ޅ. ނައިފަރުގައި
* އެޕްރީލް 22 ގައި ބ. އޭދަފުށީގައި
* އެޕްރީލް 24 ގައި ހއ. ދިއްދޫގައި
* އެޕްރީލް 26 ގައި ކުޅުދުއްފުށީގައި
* އެޕްރީލް 27 ގައި ފުވައްމުލަކުގައި
* އެޕްރީލް 29-30 އައްޑޫގައި
* މެއި 2 ގައި މާލޭގައި

މެރިއަޓް އިންޓަނޭޝަނަލް މޯލްޑިވްސް އިން ބުނީ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހާއްސަކޮށްފައި ވަނީ އުމުރުން 16-20 އަހަރުގެ ޒުވާނުންނަށް ކަމަށެވެ. މި ޕްރޮގްރާމްގެ މުއްދަތަކީ 10 މަހެވެ. އެ މުއްދަތުގެ ތެރޭގައި ރިސޯޓްތަކުގެ އެކި ދާއިރާތަކުން ބައިވެރިންނަށް ތަމްރީނާއި އަމަލީ ތަޖުރިބާ ހޯދައި ދޭނެ އެވެ.

މި ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ޒުވާނުންނަށް މި މެއިލް sh.mlesi.apprenticeship@marriott.com.
މެދުވެރިކޮށް ވެސް އެޕްލިކޭޝަން ސަބްމިޓްކުރެވޭނެ އެވެ.