Last Updated: April 30, 16:45
Tuesday, April 30, 2024
ޚަބަރު

ކިޑްސް ބޭންކިން އެޕެއް ހަދާނެ ބަޔަކު ހޯދަނީ

ކުޑަކުދިންނަށް ހާއްސަގެން ބޭންކިން އެޕެއް ތައްޔާރުކޮށް ދޭނެ ބަޔަކު ހޯދަން ބޭންކް އޮފް މޯލްޑިވްސް ބީއެމްއެލް) އިން ހުޅުވާލައިފި އެވެ.

ގައުމީ ބޭންކުން ބުނީ މިކަން ކޮށް ދޭން ޝައުގުވެރިވާ ޑިވެލޮޕަރުންނަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް އީއައިއޯ) ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 7 އާ ހަމައަށް ހުޅުވާލައިފަ އެވެ.

ބީއެމްއެލް އިން ބުނީ "ކިޑްސް ބޭންކިން މޮބައިލް އެޕް" ވާން ޖެހޭނީ ކުދިންނާ ވަރަށް ގުޅޭ އެއްޗަކަށް ކަމަށެވެ. އެގޮތުން ކުޑަކުދިންގެ އުމުރާ ގުޅޭ ގޮތަށް އެޕް ޑިޒައިން ކުރަން ޖެހޭ އިރު، މީގައި ހާއްސަ ފީޗާތަކެއް ވެސް ހުންނަން ޖެހޭނެ އެވެ. އޭގެ ތެރޭގައި ވީހާ ވެސް ފަސޭހަކޮށް ކުޑަކުދިންނަށް ބޭނުން ކުރެވޭ އެޕަކަށްވުމާއި ކުޑަކުދިންގެ އެކައުންޓްތައް ފަސޭހަ އިން މެނޭޖްކުރެވޭނެ ގޮތާއި ފައިސާ ޓްރާންސްފާ ކުރެވޭނެ ގޮތާއި ޓްރާންސްސެކްޝަންތަކުގެ މުއާމަލާތްކުގެ ހިސްޓްރީ ބެލޭނެ ގޮތްތަކާއި ނޮޓިފިކޭޝަން ފަދަ ފީޗާތައް ހިމެނެ އެވެ.

މީގެ އިތުރުން "ކިޑްސް ބޭންކިން މޮބައިލް އޮޕް" ވާން ޖެހޭނީ ޕޭރަންޓަލް ކޮންޓްރޯލާއި އެޑިއުކޭޝަނަލް ކޮންޓެންޓާއި ސެކިއުރިޓީ މުހިއްމު ގިނަ ފީޗާތަކެއް އެކުލެވޭ އެޕަކަށް ކަމަށް ބޭންކުން ބުންޏެވެ.

ކުޑަކުދިންނަށް ހާއްސަ ބޭންކިން އެޕެއް ހަދަން ބީއެމްއެލް އިން ނިންމި އިރު، އެ ބޭންކުން އަންނަނީ ހިދުމަތްތައް އޮންލައިންކޮށް ދޭން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.