Last Updated: May 3, 15:50
Friday, May 3, 2024
މުނިފޫހިފިލުވުން

ރަންބީރާ އެކީ ގެނެސްދީ ގޮދަޑި އިޝްތިހާރެއް

ރަންބީރް ކަޕޫރާ އެކީ ޑައިރެކްޓަރު ރޯހިތު ދަވަން ގޮދަޑި އިޝްތިހާރެއް ގެނެސްދީފި އެވެ.

މި އިޝްތިހާރު އާންމުކުރުމުގެ ކުރިން މީގެ ޕޯސްޓަރެއް ދައްކައިލުމުން ގިނަ ބަޔަކު ހީކުރީ ރަންބީރާ އެކީ ފިލްމެއް ގެނެސްދޭން އުޅެނީ ކަމަށެވެ. ނަމަވެސް މިއީ ނިލްކަމަލް ސްލީޕް ބްރޭންޑްގެ ގޮދަޑި އިޝްތިހާރެކެވެ. އޭގައި ދައްކުވައި ދެނީ ގޮދަޑި މަޑުކަމާއި އަރާމުކަމުން ރަންބީރު ބޮކްސިން މެޗެއް ވެސް ފަސޭހަކަމާ އެކީ ނިންމައިލާ ތަން ދެކޭ ހުވަފެނެކެވެ.

ރަންބީރަކީ ނިލްކަމަލް ސްލީޕްގެ އާ ބްރޭންޑް އެމްބެސެޑަރަކެވެ.

މީގެ އިޝްތިހާރުތަކެއް ދާދި ފަހުން ބޮބީ ޑިއޯލްއާ އެކީ ވެސް ގެނެސްދީފައިވެ އެވެ.

އޭނައާ އެކީ ގޮދަޑި އިޝްތިހާރު ގެނެސްދިން ރޯހިތަކީ މަޝްހޫރު ޑައިރެކްޓަރު ޑޭވިޑް ދަވަން ދޮށީ ދަރިފުޅެވެ. އަދި އެކްޓަރު ވަރޫން ދަވަންގެ ބޭބެ އެވެ. ރޯހިތު މިހާތަނަށް ފިލްމު ހަދާފައިވެ އެވެ. އެއީ "ޝެހެޒާދާ" އާއި "ޑިޝޫމް" ގެ އިތުރުން "ދޭސީ ބޯއިސް" އެވެ.