Last Updated: May 2, 21:43
Thursday, May 2, 2024
ދުނިޔެ

ބޯކޮށް ވާރޭވެހި ޕާކިސްތާނުން މަރުތަކެއް

ބޯކޮށް ވާރޭ ވެހި ލިބުނު ގެއްލުންތަކުގައި ޕާކިސްތާނުން 50 އެއްހާ މީހުން މަރުވެއްޖެ އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މޫސުން އެންމެ ބޮޑަށް ގޯސްވެފައި ވަނީ އެ ގައުމުގެ ދެކުނު ހުޅަނގު ސަރަހައްދަށެވެ. އަދި ވިއްސާރައިގައި އެންމެ ގިނަ މީހުން މަރުވީ ޕަންޖާބް ސްޓޭޓުންނެވެ. އެ ސްޓޭޓުން މަރުވި މީހުންގެ އަދަދު 21 އަށް އަރަ އެވެ.

މިދިޔަ ހުކުރު ދުވަހުން ފެށިގެން އާދީއްތައާ ހަމައަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވެ، ދަނޑުބިންތަކަށް ބޮޑެތި ވެސްގެއްލުންތަކެއް ލިބިފައިވެ އެވެ. އަދި ބައެއް ހިސާބުތަކުން ކަރަންޓްގެ ހިދުމަތް ވެސް ކެނޑި ދަތުރުފަތުރަށް ވެސް ވަރަށް ބޮޑަށް ބުރޫއަރާފައިވެ އެވެ.

ފަހަކަށް ޕާކިސްތާނުގައި ފެންބޮޑުވުމުގެ ހާދިސާތައް ވަރަށް އާންމެވެ. އަދި މިއީ މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވެފައިވާ މައްސަލަތަކާ ހެދި ކުރިމަތިލާން ޖެހިފައިވާ ކަމެއް ކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ.

ދެހާސް ބާވީހުގައި އެ ގައުމުގައި ފެންބޮޑުވެ، 1،700 އަށް ވުރެ ގިނަ މީހުން މަރުވެ، އެތައް ބަޔަކު ހާލުގައި ޖެހުނެވެ. އެ ވިއްސާރައިގައި ލިބުނު ގެއްލުން 30 ބިލިއަން ޑޮލަރަށް އަރަ އެވެ.