Last Updated: May 3, 11:12
Friday, May 3, 2024
މުނިފޫހިފިލުވުން

ދީޕިކާއާ ނުލައި "ސިންގަމް އެގެއިން" ގެ ލަވައެއް

ޑައިރެކްޓަރު ރޯހިތު ޝެޓީގެ ފިލްމު "ސިންގަމް އެގެއިން" ގައި ހިމެނޭ ބޮޑު ލަވައެއް ބަތަލާ ދީޕިކާ ޕަދްކޯންއާ ނުލައި ޝޫޓްކުރަން ނިންމައިފި އެވެ.

މީޑިއާތަކުން ބުނީ އެ ލަވައިގެ ޝޫޓިންގެ ތައްޔާރީތައް ކުރިއަށްދާ އިރު، ދީޕިކާ ލަވައިގައި ނުހިމެނޭ ސަބަބަކީ އޭނަ މިހާރު ބަލިވެއިނުމާ ގުޅިގެންނެވެ. ނަމަވެސް "ސިންގަމް" އެގެއިން "ސިމްބާ" ގެ ރޯލުން ފެންނާނެ ދީޕިކާގެ ފިރިމީހާ ރަންވީރު ސިންގް ލަވައިގައި ހިމެނޭނެ އެވެ.

މި އަހަރުގެ އޮގަސްޓްގައި ގެނެސްދޭން ހަމަޖެހިފައިވާ "ސިންގަމް އެގެއިން" ގައި ދީޕިކާ ފެންނާނީ ފުލުހެއްގެ ރޯލުންނެވެ.

މި ފިލްމުގެ ހާއްސަ ބޮޑު ލަވައިން ފެންނާނެ ތަރިންގެ ތެރޭގައި ސިންގަމްގެ ރޯލު ކުޅޭ އަޖޭ ދޭވްގަނާއި ކަރީނާ ކަޕޫރާއި ޓައިގާ ޝްރޮފްގެ އިތުރުން ސޫރިއަވަންޝީގެ ކެރެކްޓާ އިން ފެންނާނެ އަކްޝޭ ކުމާރު ހިމެނެ އެވެ.

"ސިންގަމް އެގެއިން" ގެ ވިލަން އަކީ އަރުޖުން ކަޕޫރެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ ވަރަށް ފޯރިގަދަ ނެށުންތަކެއް ފެނިގެންދާނެ ލަވައިވެ ޝޫޓިން މިއަދު ފަށާނެ ކަމަށާ ލަވައިގެ ކޮރިއޮގްރާފާރަކީ ގަނޭޝް އަޗާރިއާ ކަމަށެވެ. މުޅި ލަވަ ޝޫޓްކުރައި ނިންމާނީ ހަތަރު ދުވަހުގެ ތެރޭގަ އެވެ.

"ސިންގަމް" ގެ ތިން ވަނަ "ސިންގަމް އެގެއިން" ސިނަމާތަކަށް އަންނާނީ އޮގަސްޓް 15 ގަ އެވެ.