Last Updated: May 2, 21:43
Thursday, May 2, 2024
ދުނިޔެ

ރަޝިއާގެ 50،000 ސިފައިން މަރުވެއްޖެ

މީގެ ދެ އަހަރު ކުރިން ރަޝިއާ އިން ޔުކްރޭނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން މިހާތަނަށް ރަޝިއާގެ 50،000 ސިފައިން މަރުވެއްޖެ އެވެ.

މީޑިއާތަކުން ބުނީގެ ދެ ތެރެއިން 25 ޕަސެންޓް ސފައިންނަކީ ހަނގުރާމައިގެ ދެވަނަ އަހަރުގެ ތެރޭގައި މަރުވި މީހުން ކަމަށެވެ. އެއީ 27،300 ސިފައިންނެވެ. ޔުކްރޭނާ ދެކޮޅަށް ރަޝިއާ އިން ހަނގުރާމަ ފެށީ ފެބްރުއަރީ 2022 ގަ އެވެ. އޭގެ ފަހުން މި ހަނގުރާމައިގެ މަރުވާ ސިފައިންގެ މައުލޫމާތު ބައެއް މީޑިއާތަކާއި ވޮލަންޓިއަރުން ވެސް އަންނަނީ އެއްކުރަމުންނެވެ.

އެ މައުލޫމާތުތަކަށް ބިނާކޮށް ބީބީސީން ބުނީ ހަނގުރާމައިގައި މަރުވި ރަޝިއާ ސިފައިންގެ އަދަދު މިހާރު 50،000 އަށް ވުރެ މަތިވާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ. ނަމަވެސް އެ މައުލޫމާތު ރަޝިއާ ސަރުކާރުން ހާމަނުކޮށް، އަދަދު އޮޅުވައިލަން މަސައްކަތްކުރާ ކަމަށް މީޑިއާތަކުން އަންނަނީ ބުނަމުންނެވެ.

މިދިޔަ ފެބްރުއަރީ މަހު ޔުކްރޭންގެ ރައީސް ވޮލޮޑޮމީރު ޒެލެންސްކީ ވިދާޅުވެފައިވާ ގޮތުގައި ހަނގުރާމައިގެ މަރުވި އެ ގައުމުގެ ސިފައިންގެ އަދަދު 31،000 އަށް ވުރެ ގިނަ ކަމަށެވެ.

ޔުކްރޭނާ ދެކޮޅަށް ރަޝިއާ އިން ފެށި ހަނގުރާމަ ކޮޅެއްގައި ނުޖެހި، ގިނަ އަދަދެއްގެ ސިފައިން މަރުވަމުންދާ އިރު، ދުނިޔޭގެ ވަރަށް ގިނަ ބައެއްގެ ނުރުހުމާއި ނަރުފަތު ރައީސް ލަޑިމިއާ ޕުޓިން އަށް އަމާޒުވެފައިވެ އެވެ.