Last Updated: May 1, 06:19
Wednesday, May 1, 2024
ޚަބަރު

ތިނަދޫ ކައުންސިލަރުން އަލުން ހުވާކޮށްފި

ސިޓީއެއްގެ ދަރަޖަ ރަސްމީކޮށް ލިބުމާ ގުޅިގެން ގދ. ތިނަދޫ ކައުންސިލަރުން އަލުން ހުވާކުރައްވައިފި އެވެ.

ކުރީގެ ރަށު ކައުންސިލްގެ ރައީސާއި ނައިބު އަދި މިހާރުގެ މޭޔަރާއި ޑެޕިއުޓީ މޭޔަރު އަދި މެންބަރުންގެ ހުވާ ކުރެއްވީ ރޭ އެ ބޭއްވި ރަސްމިއްޔާތެއްގައެވެ.

ސިޓީ ކައުންސިލުގެ މެންބަރުންނަށް ހުވައި ލައިދެއްވީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ނަޝާތަތު ޒަޢީމެވެ.

ތިނަދު އަށް ސިޓީއެއްގެ ދަރަޖަ ކުރީގެ ސަރުކާރުން ދިން ފަހުން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާ އެކީ ތިނަދޫ ރަށު ކައުންސިލް ސިޓީ ކައުންސިލެއްގެ ގޮތުގައި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައެޅުއްވީ މިދިޔަ މަހުގެ 27 ގަ އެވެ.

ތިނަދޫ ސިޓީ ކައުންސިލް މެންބަރުން:

* ސައުދު އަލީ: މޭޔަރު
* ނަސްރުﷲ އަލީ: ޑެޕިއުޓީ މޭޔަރު
* އަހުމަދު ވަހީދު: ސިޓީ ކައުންސިލް މެންބަރު
* މުހައްމަދު ޒަލީފް އަބްދުﷲ: ސިޓީ ކައުންސިލް މެންބަރު
* އަހުމީމާ އަހުމަދު: ސިޓީ ކައުންސިލް މެންބަރު
* އާމިނަތު ނަސީމާ: ސިޓީ ކައުންސިލް މެންބަރު
* އައިޝަތު ލިއުޝާ ޒުބައިރު: ސިޓީ ކައުންސިލް މެންބަރު

ތިނަދޫ ސިޓީ ކައުންސިލަރުން ވަނީ އަލުން މަގާމުގެ ހުވާ ކުރެއްވުމަށް ފަހު އިގްރާރުގައި ސޮއި ވެސް ކުރައްވައިވަފަ އެވެ.

ތިނަދުއާ އެކީ މިހާރު ރާއްޖޭގެ ސިޓީތަކަކީ މާލެ، އައްޑޫ، ކުޅުދުއްފުށި އަދި ފުވައްލެކެވެ.