Last Updated: May 2, 21:43
Friday, May 3, 2024
މުނިފޫހިފިލުވުން

ސެލީން ޑިއޯންގެ ޑޮކިއުމަންޓަރީ ޖޫންގައި

ކެނެޑާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީން ޑިއޯންގެ ޑޮކިއުމަންޓަރީ އަންނަ ޖޫން މަހު ޕްރީމިއާކުރަން ނިންމައިފި އެވެ.

"އައި އޭމް: ސެލީން ޑިއޯން" ގެ ނަންް ދީފައިވާ މި ޑޮކިއުމަންޓަރީ ޖޫން 25 ގައި ޕްރީމިއާކުރާނީ އެމެޒޯން ޕްރައިމް ވީޑިއޯއިންނެވެ. ޑޮކިއުމަންޓްރީގައި ހުނަރުވެރި އަދި އެހާމެ ކާމިޔާބު ލަވަކިޔުންތެރިޔާގެ ހަޔާތުގެ ގިނަ ސޮފުތާތަކެއް ގެނެސްދޭނެ އެވެ. އޭގެ ތެރޭގައި އޭނަގެ ކާމިބީތަކާއި އަޑިގުޑަންތަކާއި މިހާރު ތަހަމައްމަލު ކުރަމުންދާ ސްޓިފް-ޕާސަން ސިންޑްރޯމްގެ ސަބަބުން އަމިއްލަ ހަޔާތަށާއި މިއުޒިކީ ކެރިއަރަށް އައި ބަދަލުތައް ޑޮކިއުމަންޓަރީން ހިއްސާކޮށް ދޭނެ އެވެ.

އާންމުންގެ ތެރޭގައި ސެލީން އެންމެ ބޮޑަށް މަޝްހޫރުވެގެން ދިޔައީ ޑައިރެކްޓަރު ޖޭމްސް ކެމެރޮންގެ 1997 ގެ ފިލްމު "ޓައިޓޭނިކް" އަށް ކިޔައިދިން ތީމް ލަވަ "މައި ހާޓް ވިލް ގޯ އޮން" އިންނެވެ.

މިއުޒިކީ ދާއިރާ އިން މިހާތަނަށް އެވޯޑެއް ހޯދާފައިވާ އަދި "ކްއީން އޮފް ޕަވަ ބެލޭ" ގެ ލަގަބު ވެސް ދީފައިވާ ސެލީން މިހާތަނަށް 27 އަލްބަމް ނެރެފައިވެ އެވެ. މީގެ ތެރެއިން 15 އަލްބަމް ނެރުނީ ފްރާންސް ބަހުންނެވެ. އިނގިރޭސި ބަހުން ނެރުނީ 12 އަލްބަމެވެ. އެގޮތުން އެންމެ ފަހުން ނެރުނު އަލްބަމަކީ 2019 ގެ "ކަރޭޖް" އެވެ.

ލަވަކިޔުންތެރިއެއްގެ އިތުރުން ސެލީން އަކީ ބަތަލާއެއް ވެސް މެ އެވެ. މިދިޔަ އަހަރު ރިލީޒްކުރި ޕްރިޔަންކާ ޗޯޕްޅާ އާއި ސޭމް ހިއުގަންގެ "ލަވް އެގެއިން" ގެ ރޯލެއް ވެސް ސެލީން ކުޅެފައިވެ އެވެ.

ތިން ކުދިން ތިބި ސެލީން، 56، ގެ ފިރިމީހާ އަދި އޭނަ މެނޭޖަރެއްގެ ގޮތުގައި ވެސް މަސައްކަތްކުރި ލަވަކިޔުންތެރިޔާ އޯނީ އެންޖެލީލާ ވަނީ 73 އަހަރުގައި ކަރުތެރޭގެ ކެންސަރުގައި 2016 ގައި މަރުވެފަ އެވެ.