Last Updated: May 2, 21:16
Thursday, May 2, 2024
މުނިފޫހިފިލުވުން

ޖާންވީގެ "އުލާޖް" ގެ ޓީޒާ ދައްކާލައިފި

ޖާންވީ ކަޕޫރް އިންޑިއާގެ ޑިޕްލޮމެޓެއްގެ ރޯލު ކުޅެފައިވާ ފިލްމު "އުލާޖް" ގެ ޓީޒާ މިއަދު ދައްކާލައިފި އެވެ.

ޖުލައި މަހުގެ 5 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ ފިލްމަކީ އަލަށް ޑައިރެކްޝަނަށް ނުކުތް ސުދާންޝޫ ސޫރިއާ ޑައިރެކްޓްކޮށްފައިވާ އެއްޗެކެވެ. "އުލާޖް" ގެ ކާސްޓްގައި ގުލްޝަން ދެވިއާ، ރޯޝަން މެތިއު އަދި ތަޖުރިބާކާރު އެކްޓަރުން ކަމަށްވާ ސަޗިން ކެޑެކްރް އާއި އާދިލް ހުސައިން ވެސް ހިމެނެ އެވެ.

ފިލްމުގެ ޓީޒާ އިން ދައްކުވައިދޭ ގޮތުގައި މިއީ ޝައުގުވެރި ހާދިސާތަކެއް ދައްކުވައި ދޭނެ ފިލްމެކެވެ. "އުލާޖް" ގެ މައިގަނޑު ޕްލޮޓް ބިނާކޮށްފައި ވަނީ ބޭރުގައި އިންޑިއާގެ ޑިޕްލޮމެޓުންތަކަކަށް ދިމާވާ ހާދިސާތަކެކެވެ.

ކުރީގެ ބަތަލާ ސްރީދޭވީގެ ދޮށީ ދަރިފުޅު ޖާންވީ، 27، ގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ބަވާލް" އެވެ. "އުލާޖް" ގެ ކުރިން ޖާންވީގެ ކުޅިވަރު ފިލްމު "މިސްޓަ އެންޑް މިސިޒް މާހީ" އަންނަ މަހުގެ 31 ގައި ސިނަމާތަކަށް އަންނާނެ އެވެ. ރާޖްކުމާރު ރާއޯ ބަތަލުގެ ރޯލު ކުޅެފައިވާ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަޝަންގެ މި ފިލްމަކީ ޝަރަން ޝަރުމާ ޑައިރެކްޝަނެކެވެ.

އަދި މި އަހަރުގެ އޮކްޓޯބަރުގައި ޖާންވީގެ ތެލެގޫ ފިލްމު "ދެވާރާ: ޕާޓް 1" ބެލުންތެރިންނަށް ގެނެސްދޭނެ އެވެ