Last Updated: May 2, 08:37
Thursday, May 2, 2024
ޚަބަރު

ތިނަދޫ ބަނދަރު މަސައްކަތް ފަށަން ތައްޔާރުވެއްޖެ

ވ. ތިނަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.

މި މަސައްކަތް ހަވާލު ކޮށްފައިވާ އެމްޓީސީސީން ބުނެފައިވަނީ، ތިނަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި 16 އޭޕްރީލް ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 12,800 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 860 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 77 މީޓަރުގެ ބޭރުތޮށި ލުމާއި، 482 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 249.66 މީޓަރުގެ އެއްގަމުތޮށިލުން ހިމެނެއެވެ. މީގެއިތުރުން 1847 އަކަ މީޓަރުގެ ހާބަރ ޕޭވްމަންޓް ޖެހުމާއި، 16 މީޓަރު ދިގު 6 މީޓަރު ފުޅާ ބްރިޖެއް ހެދުމާއި، 10 މީޓަރު ދިގު 9 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، ބަނދަރު ބައްތި އާއި މޫރިންގ ބޯއީސް ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

ވ. ތިނަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއަކީ 40.57 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.