Last Updated: March 29, 14:00
Friday, March 29, 2024
ކޮލަމް

އެ ޖަނގިޔަލުގެ ސިއްރު (3)

ބޭނުންވާނެ ތަކެތި ޖަމާކުރުން

ސިންގަޕޫރޭ ކިޔުނު ރާއްޖެއަށް ކުޅަ ދަތުރުން ނަތީޖާ ނުނެރެވުނީމާ
ބުރުހާނާއި ފަރުހަތު ސައްލާކޮށް ނިންމީ ދެންފަހަރަކުން ފެއިލް ނުވާވަރަށް
ތަކެތި ޖަމާކޮށް ރޭވުންތައް ވެސް އިހުނަށްވުރެ ބަރާބަރު ކުޅައުމަށެވެ.
މިހިސާބުން ފަރުހަތުގެ ވަނަވަރު އިތުރަށް ބުނެދޭން އެބަޖެހެ އެވެ.
ބުރުހާނު އެދިގެން މިއުޅެނީ ވަލީ މަހީދުގެ އައުރަކަން ފަރުހަތު ނޫން
އެހެން މީހަކަށް އޭރު އެނގިގެނެއް ނުވެއެވެ. ފަރުހަތަށް މިކަން އެނގެނީ
މި ރޭވުމުގެ ފަންނީ ހުރިހާކަމެއް ތަޖުރިބާހުރި މީހެއްގެ ބެލުމުގެ ދަށުން
ގެންދަން ޖެހޭތީ އެވެ. ފަރުހަތަކީ ފަންނީ މީހުންގެ އާއިލާއަކަށް
ނިސްބަތްވާ ފަންނީ މީހެކެވެ. އަދި ބުރުހާނަށް ދޯކާ ނުދޭނެކަމަށް ބުރުހާނު
ޔަގީންކުރާ މީހެކެވެ.

ކުރާން މިއުޅޭ ކަންތަކަށް ބޭނުންވާނޭ ޒަމާނީ ތަކެތި ހޯދުމުގެ ގޮތުން
ބުރުހާނުގެ އެންގުމަށް ފަރުހަތު ބެންކޮކަށް ފުރައިފިއެވެ. ޝޮޕިން
ލިސްޓުގައި ހިމެނެނީ ވަޔަރލެސް ކެމެރާއަކާއި ކެމެރާ މޮނިޓަރ ކުރެވޭނެ
ކޮންޓްރޯލް ސިސްޓަމަކާއި ރިކޯޑްކުރާނެ ތަކެއްޗެވެ. ކެމެރާގެ ރޭޑިއަސް
ގާތްގަޑަކަށް ފަންސާސް މީޓަރެވެ. މީގެ އިތުރުންވެސް މިކަމަށް ބޭނުންވާނެ
އިތުރު ސާމާނު ބެންކޮކް ބާޒާރުން ގަނެގެން މިނިކާރާއްޖެއަށް ގެނަ އެވެ.
ކުރީ ފަހަރު ވަލީ މަހީދުގެ ވަލީވެރިކަން ބޮޑުވެގެން މިޝަން ފެއިލް ވިޔަސް
މިފަހަރު ވަލީއަކުންވެސް އެހެން އެއްޗަކުންވެސް މިޝަން ފެއިލް ނުވާވަރު
ކުރަންވާނެއޭ ބުރުހާނު އޮތީ އަންގައިފަ އެވެ.

މިޝަން ކާމިޔާބުވި ކޮޅުނބު ދަތުރު

މިނިކާރާއްޖެއަކީ ނިކަން ގިނައިން ވަޅޯ އީދު އަންނަ ރާއްޖެއެކެވެ.
މިގޮތުން އައި އީދެއްގައި ބުރުހާނުގެ ޖަމާއަތް އޮޅުދޫކަރައިގެ ކޮޅުނބަށް
ފުރައިފި އެވެ. މި ޖަމާއަތް ފުރީ ދެބަޔަކަށް ބަހައިލައިގެން ވަކިންނެވެ.
ބުރުހާނާއި ފަރުހަތު އަދި އަޒަރުބައިޖާނު ފުރީ ވަކިންނެވެ. ގޯލްޑަންރޭ
ދައީސާއި ވަލީ މަހީދު ދިޔައީ އޭގެ ފަހުންނެވެ. މި ދަތުރުގައި ވަލީ މަހީދު
ބައިވެރިވީ ގޯލްޑަންރޭ ދައީސުގެ އެދުމަކަށް ދައީސުގެ ހަދިޔާއެއް
ގަބޫލުކުޅައުމުގެ ގޮތުންނެވެ. މީގެ ކުރިންވެސް ދަތުރުތަކުގައި ބައިވެރިވެ
މަޖާކޮށްފައިވާތީ އާއި އެއިން ކަމެއްގެ ހިލަންވެސް މިނިކާރާއްޖޭގެ އެހެން
ބަޔަކަށް ވެފައި ނުވާތީ ވަލީ މަހީދުގެ ހިތަކަށް މިފަހަރު ވަކިން ކަމެއް
ގޯސްވެދާނެއޭ އަރައިފައެއް ނެތެވެ. އޭނާ ހުރީ އިހުނަށް ވުރެވެސް މަޖާވެފަ
އެވެ.

މި މީހުން ކޮޅުނބަށް ފައިބައިތިބީ ފަސްތަރީގެ ހޮޓަލެއް ކަމުގައިވާ
ސިނަމަން ލޭކުގައެވެ. އެތާގެ ތިންވަނަ ފަންގިފިލާގައި ހައެއްކަ ކޮޓަރި
ހުރީ މި މީހުންނަށްޓަކައި ތައްޔާރުވެފަ އެވެ. މީގެ ތެރެއިން އެއްކޮޓަރި
ވަލީ މަހީދަށެވެ. އެ ކޮޓަރިއާ ޖެހިގެން ހުރި ކޮޓަރިއަކީ މިޝަންގެ
ކޮންޓްރޯލް ރޫމެވެ. އެއީ ފަރުހަތަށް ޚާއްސަ ކޮޓަރިއެވެ. އެތަނަށް
ވަދެވެނީ ފަރުހަތާއި އަޒަރުބައިޖާނާއި ބުރުހާނަށެވެ. ދެކޮޓަރިއެއް ޚާއްސަ
ވެގެންވަނީ ރޫސީވިލާތުގެ ނާސި ހަތަރު އަންހެނަކަށެވެ. ނާސި ޓީމުގެ
ވެރިޔަކީ ތާނިޔާ ކިޔާ ރޫފަ ހެޔޮ ވަރަށްވެސް ވަނާތައް ތަނަވަސް
ކުއްޖެކެވެ.
މި މީހުން ހަމަ ދިޔުމާއެކި ވަލީ މަހީދުގެ ކޮޓަރީގެ ޑްރެސިން ޓޭބަލުގެ
މަތީގައި ހުރި ބޮޑު މާވަށިގަނޑެއްގެ ތެރޭގައި ކެމެރާ ހަރުކޮށްފި އެވެ.
އަދި ޖެހިގެން ހުރި ކޮޓަރީގައި ކޮންޓްރޯލް ސިސްޓަމް ގާއިމްކޮށް ރަނގަޅަށް
އަޖުމަ ބަލައި ޔަގީންކަން ލިބިގެންފި އެވެ.

ފަނޑިޔާރު މަނިކުފާނުގެ ތައުޒީރު ކުރެއްވުން

މި ޖަމާއަތުގެ މީހުން ކޮޅުނބަށް ހަމަ ފޭބިރޭ ތައުޒީރުކުރުންތައް ފެށިއްޖެ
އެވެ. ތައުޒީރުކުރުން ނުވަތަ ހައްދު ޖެހުމޭ މި ކިޔަނީ ކުށްވެރި
އަންހެނުންގެ ފޫކޮޅުގައި ދޭވާނި ކަލޭގެ ހަންމުށިން ތަޅާ ތެޅުމަށެވެ. ފަހެ
މިތެޅުން ތަޅާކަށް ދޭވާންޏެއް ނެތެވެ. ހުރީ ފަނޑިޔާރެކެވެ. އެހެންވީމާ
ހުރިހާ ތައުޒީރުކުރުންތައް ތަންފީޒު ކުރުން އޮތީ ފަނޑިޔާރަށެވެ. މީނާ
މިކަމަށް ވަރަށް ފަރިތަކަމަށް ފެނުނެވެ. ނާސި ރޫސީންގެ ހަތަރު ކުދިންގެ
ތެރެއިން ފަހަރަކު ކުއްޖެއް ފަހަރަކު ކުއްޖެއް ފަނޑިޔާރުގެ އެނދާއި
ހަމައަށް ގެންގޮސް އެކި ޒާތްޒާތުގެ އުގޫބާތް ދެމުން ގޮސް އެންމެފަހުން
ނިންމައިލަނީ މީނާގެ ހަންމުށިން ފޫކޮޅުގައި ތައުޒީރުކޮށްފަ އެވެ. މި
ތައުޒީރުން ސަލާމަތްވަނީ ވަލީ މަހީދުގެ އެނދާއި ހަމައަށް ދިޔަ ފަސް
ކުދިންގެ ތެރެއިން އެންމެ ކުއްޖެކެވެ. އެކުއްޖަކީ އޮޅުދޫކަރައިގެ
ކުއްޖެކެވެ. މީނާއާ ވާހަކަ ދައްކައިލައިފައި ފޮނުވައިލީ އެވެ. ވަލީ
މަހީދު ބޮޑަށް ފިކުރާވެގެންވަނީ ހަމުގެ ދޮންކަން ބޮޑު ފަރަންޖީ ކުދިންނާ
އެވެ. ކޮންމެއަކަސް އޮޅުދޫކަރައިގެ ކުއްޖާގެ ފޫކޮޅު މި ތެޅުމަކުން
ނުތަޅައެވެ.

ތައުޒީރު ކުރުމަށް މާބޮޑު ހަންމުއްޓެއް ބޭނުން ނުވެޔޯލަ އެވެ. އަދި
އެކުރާ ތައުޒީރަކުން އަންހެންމީހާއަށް ލޮޅުމެއް އަރުވައި ނުލެވުނަސް
ވަރިހަމަޔޯލަ އެވެ. އެހެންޏާފަހެ މި ވަލީ މަހީދު ހަމަ ގުނބު ހިލެންދެން
ތެޅިފޮޅުނު އިރުވެސް މީން ކުއްޖަކަށް ހިލަންވަނީކީއެއް ނޫނެވެ. ޒާތަކަށް
ހިނިއައިސް އަޖައިބު ކަންތަކެއް ފެނިގެން އުޅޭ ޒާތަކަށް ތިބެތެވެ. މި
މަންޒަރު ބަލަން ކޮންޓްރޯލް ރޫމުގެ މޮނިޓަރ ދޮށުގައި ތިބޭ މީހުން ހަމަ
ބިނދިބިނދިފައި ހެނީ އެވެ. އެމީހުންގެ މުޅި ހަޔާތުގައިވެސް މިވަރުގެ މަޖާ
ކަމެއް ނުފެންނަ ކަހަލަ އެވެ.

އަހަރަކީ ދެހާސް އެގާރަ ވަނަ އަހަރެވެ. މައްސަރަކީ ފެބްެރުއަރީ މަހެވެ.
މި ޖަމާއަތުގެ މީހުން ސިނަމަން ލޭކުގައި ތިބީ ތޭވީހުން ފެށިގެން
ސައްބީހުގެ ނިޔަލަށެވެ. މި ދުވަސްތަކުގައި ވަލީ މަހީދުގެ ކަމަކީ ހަމަ
ތައުޒީރު ކުރުމެވެ. އެކަކު ނިމޭއިރަށް އަނެކަކު ހުންނަނީ ތައްޔާރަށެވެ.
އާނއެކޭ އާނއެކޭ މިކަމުގައި ހަމަ ޝަކުރު ހައްގުވެގެންވަނީ ވިއަގްރާއޭ
ކިޔުނު ބޭހަށާއި ބުރުހާނުގެ ފައިސާއަށެވެ. މިދެބައިންކުރެ ބަޔަކާއި
ނުލައި ވަލީ މަހީދަށް މިވަރުގެ ވަރުގަދަ ރޭހެއް ނިންމައި ނުލެވުނީހެވެ.
ބައެއް ފަހަރަށް ވަލީ މަހީދުގެ ބުންވަރާއި ހިތްވަރަށް ސާބަސް ދިނުމަށް
ދޭތެރެއަކުން ގޯލްޑަންރޭ ދައީސު މީނާގެ ކޮޓަރިއަށް ވަދެ އެވެ. މި
މަންޒަރުތައް ވެސް ބުރުހާނާއި ފަރުހަތު ދިޔައީ ރިކޯޑު ކުރަމުންނެވެ.

ފަރުހަތުގެ ކެހިވެރިކަން

މުޅި މަޝްރޫއަކީ ބުރުހާނުގެ ފައިސާއިން އޭނާ ހިންގާ މަޝްރޫއެކެވެ.
ބުރުހާނަކީ ފަންނީ މީހަކަށް ނުވާތީ އިތުރު މީހަކު ބައިވެރިކޮށްގެން
މިމަޝްރޫއު ހިންގަން ޖެހިގެން ފަރުހަތު ބައިވެރިކުޅައީ އެވެ. އެކަމަކު
ފަރުހަތުގެ ސިކުނޑީގައި އަދި އެހެން އެދުމެއް އޮތެވެ. އެއީ ބުރުހާނަށް
ސިއްރުން ވަލީ މަހީދުގެ ތައުޒީރުކުރުންތަކުގެ ކޮޕީއެއް މީނާވެސް
ރައްކާކުރުމެވެ. މިހެންކަމުން ކޮންޓްރޯލް ސިސްޓަމަށް ވަލީ މަހީދުގެ
ކޮޓަރީގެ މަންޒަރުތައް ރިކޯޑްވަމުން ދިޔައީ ދެ ބަޔަކަށެވެ. އެއްބަޔަކީ
ބުރުހާނުގެ ހާޑް ޑިސްކެވެ. އަނެއް ބަޔަކީ ފަރުހަތުގެ ސިއްރު ސިސްޓަމެވެ.
މި ސިސްޓަމުގެ ހިލަމެއްވެސް ފަރުހަތު ނޫން އެހެން މީހަކަށް އެނގިގެން
ނުވެ އެވެ. ބުރުހާނުވެސް ހީކުޅައީ އޭނާގެ ހާޑް ޑިސްކު ފިޔަވައި އެހެން
އެއްޗެއްގައި ވަލީ މަހީދުގެ ހަންމުށީގެ ނިޝާނެއްވެސް ނުހުންނާނެ ކަމުގަ
އެވެ.

ކޮންމެއަކަސް ކާމިޔާބު މަޝްރޫއަކަށް ފަހު އެންމެންވެސް ވަރަށް އުފަލުން
ތިބެ މިނިކާރާއްޖެއަށް އެނބުރި ރުޖޫއަ ވެއްޖައޫއެވެ. ކުރިއަށް އޮތް
ތޫފާނުގެ ވަރުގަދަ ކަމާއި ވާންއުޅޭ ކަންތައްތަކުގެ ހިލަމެއް ވެސް ވަލީ
މަހީދަށް ފޯރުމެއް ނެތެވެ. ތިން ދުވަހެއްގެ ތެރޭގައި ހަންމުށި އެޅުނު
މިންވަރު ގިނަކަމުން ވެސް ތޯއްޗެކެވެ. ދަތުރުމަތީގައިވެސް މީނާގެ ލޯ
ހުޅުވިފައި ހުންނަ ވަރަށް ވުރެ ގިނައީ ލޯ މެރިފައި ހުންނަ ވަގުތެވެ.
(ނުނިމޭ)