Last Updated: May 1, 06:19
Wednesday, May 1, 2024
ޚަބަރު

ވަޒީފާގެ ބިރު ދެއްކުން ގާނޫނީ ކުށަކަށް ހަދާނަން

މަޖިލީހުގެ މެޖޯރިޓީ އެމްޑީ އަށް ލިބިއްޖެ ސިޔާސީ ބޭނުމަށް ސަރުކާރުން މުވައްޒަފުންނަށް ވަޒީފާގެ ބިރު ދެއްކުމާއި ވަޒީފާތަކުން ވަކިކުރުން ގާނޫނީ ކުށަކަށް ހަދާނެ ކަމަށް އެމްޑީޕީން ބުނެފި އެވެ.

އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ އިކޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް އެގޮތަށް ވިދާޅުވެފައި ވަނީ އެމްޑީޕީން މިހާރު ކުރިއަށް ގެންދާ މަޖިލިސް އިންތިހާބުގެ ކެމްޕޭނުގެ ތެރެއިން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީ) ގެ މުވައްޒަފަކަށް ވަޒީފާގެ ބިރު ދެއްކި ވާހަކަ މީހަކު ހިއްސާކުރާ މަންޒަރު ފެންނަ ވީޑިއޯއަކާ އެކީ ސޯޝަލް މީޑިއާގަ އެވެ.

"އެމްޑީޕީ އަށް ތާއީދުކުރާ ރައްޔިތުންނަކީ ތިޔަހެން ދައްކަވާހާ ބިރަކަށް ސިހޭނެ ބައެއް ނޫންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް އެނގިނުލައްވާތީ ހިތާމަކުރަން،" އޭނަ ވިދާޅުވި އެވެ. "މި ރައްޔިތުންނަކީ ތިޔަހެން ދައްކަވާހާ ބިރަކަށް ފަހަތަށް ޖެހޭނެ ބައެއް ނޫން." ފައްޔާޒު ލިޔުއްވާފައިވެ އެވެ.

ފައްޔާޒު ވިދާޅުވީ ރާއްޖޭގައި ހިޔާލުފާޅު ކުރުމުގެ މިނިވަންކަން އެމްޑީޕީން ހޯދައި ދިނީ ބިރު ފަހަނައަޅާ ގޮސް މަށާއި ސަރުކާރުން ވަޒީފާގެ ބިރު ދެއްކުމަކީ ފިނޑި އަމަލެއް ކަމަށެވެ.

"ވިހި ވަނަ މަޖިލީހަށް އެމްޑީޕީ އަށް މެޖޯރިޓީ ލިބިއްޖެ ނަމަ ސިޔާސީ މަގުސަދަށް ވަޒީފާއިން ވަކިކުރުމަކީ ގާނޫނީ ކުށެއް ކަމުގައި ކަނޑައަޅާ ސިވިލް ސާވިސް މުވައްޒަފުންނަށް ލިބިދީފައި ވާފަދަ ގާނޫނީ ރައްކާތެރިކަން ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ވެސް ކަށަވަރުކޮށް ދޭނަން." އޭނަ ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން އަންނަނީ ސަރުކާރުން މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކައި އިންތިހާބަށް ނުފޫޒު ފޯރުވަން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތު ކުރަމުންނެވެ.