Last Updated: May 1, 09:53
Wednesday, May 1, 2024
ޚަބަރު

މާފުށީގައި ވެސް ލޯކަލް އޮތޯރިޓީ ކުންފުންޏެއް

ރާއްޖޭގައި އެންމެ ފުޅާކޮށް ލޯކަލް ޓޫރިޒަމް ހިންގަމުން އަންނަ ކ. މަފުށީގައި ލޯކަލް އެތޯރިޓީ ކުންފުންޏެއް އުފައްދައިފި އެ ކުންފުނީގެ އޮފީސް ވެސް އެވެ.

އިއްޔެ ރޭ އެ އޮފީސް ހުޅުއްވައި ދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ.

މާފުށީ ލޯކަލް އޮތޯރިޓީ އެ ކުންފުނީހެ ސަބަބުން ރަށުގެ އިގުތިސޯދީ ދުވެލި ހަލުވިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް ބޭނުންވާ މުނިސިޕަލްގެ ހިދުމަތްތައް ދިނުން އަވަސް ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

މާފުށީގައި ހުޅުވި ލޯކަލް އޮތޯރިޓީ ކުންފުންޏަކީ ރާއްޖޭގައި ހުޅުވި ހަވަނަ ލޯކަލް އޮތޯރިޓީ ކުންފުންޏެވެ.

އެންމެ ފުރަތަމަ ލޯކަލް އޮތޯރިޓީ ކުންފުންޏެއް ރަޖިސްޓްރީ ކުރީ އއ. ތޮއްޑޫ ކައުންސިލުންނެވެ. އެއީ ޑިސެމްބަރު 19، 2022 ގަ އެވެ.