Last Updated: May 4, 13:11
Saturday, May 4, 2024
ޚަބަރު

ދިއްގަރުގައި 75 ހައުސިން ޔުނިޓް އެޅުމަށް އެމްޓީސީސީއަށް

ޑިޒައިން އެންޑް ބިލްޑް އުސޫލުން މ. ދިއްގަރުގައި ހައުސިން ޔުނިޓް އިމާރާތް ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

ހައުސިން މިިނިސްޓްރީން އެމްޓީސީސީއަށް ހަވާލުކޮށްފައިވަނީ ދިއްގަރުގައި 75 ހައުސިން ޔުނިޓް ގާއިމު ކުރުމަށެވެ. މި ޕްރޮޖެކްޓަރީ 117.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ 420 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

މި ޕްރޮޖެކްޓްގެ ދަށުން ގާއިމުކުރެވޭ އެޕާޓްމަންޓްގެ ބޮޑުމިކަނީ 1000 އަކަފޫޓެވެ. އެޕާޓްމަންޓެއްގައި ހިމެނޭނީ 3 ކޮޓަރި، 3 ފާޚާނާ، ސިޓިންރޫމް، ބަދިގެ، ކާގެ، ލޯންޑަރީ އަދި ސްޓޯ ރޫމެވެ.

މީގެއިތުރުން އިމާރާތުގެ ވަށާފާރި، ހައުސިން ޔުނިޓްތަކުގައި ދިރިއުޅޭ ފަރާތްތައް ހިތްފަސޭހަ މާހައުލެއް ގާއިމު ކުރުމަށްޓަކައި އެސަރަހައްދު ވަށައިގެން އަލިކުރެވޭނެ ކަމަށްވެސް ހައުސިން މިނިސްޓްރީން މައުލޫމާތުދެއެވެ. އަދި ޕާކަކާއި ވެހިކަލް ޕާކުކުރާނެ ސަރަހައްދެއްވެސް ގާއިމު ކުރެވޭނެ ކަމަށް މައުލޫމާތު ދީފައިވެއެވެ.