Last Updated: May 18, 12:02
Saturday, May 18, 2024
ޚަބަރު

މުލީގެ އިހްތިސާސްގެ ތެރޭގައި ބޯހުރާ ހިމަނައިފި

މ. ބޯހުރާ- ފޮޓޯ: އިމްތިޔާޒް އަފީފް

މ. މުލީގެ އިހްތިސާސްގެ ތެރޭގައި ބޯހުރާ ހިމަނައިފިއެވެ.

މިގޮތަށް ނިންމާފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ސޮއި ކުރައްވާ މިއަދު އާންމު ކުރެއްވި ޤަރާރުގައެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ބޯހުރާގައި ރިސޯޓެއް ތަރައްގީ ކުރުމަށް ހުޅުވާލިއެވެ.

ރާޅާއެރުމަށް މަޝްހޫރު މަންޒިލެއް ކަމަށްވާ ބޯހުރާގައި ރިސޯޓެއް ތަރައްގީ ކުރުމަށް ހުޅުވާލުމުން، އެކަމާމެދު މ. މުލީ ރައްޔިތުންނާއި ކައުންސިލާއި ތިމާވެށީގެ ހިމާޔަތުގައި މަސައްކަތް ކުރާ ބައެއް ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އެކަމާ ގުޅިގެން ރިސޯޓު ހަދަން ހުޅުވާލި ރަށްރަށުގެ ތެރެއިން ބޯހުރާ އުނިކުރިއެވެ.

ގާތްގަޑަކަށް ތިން ހެކްޓަރުގެ މ. ބޯހުރާއަކީ މުލީއާ އެއްފަޅެއްގައި އޮންނަ ރަށެކެވެ.