Last Updated: May 5, 06:00
Sunday, May 5, 2024
ޚަބަރު

ޕީއެންއެފްގެ ކެމްޕޭން ދަތުރުތަކެއް އުތުރަށް

ރާއްޖޭގައި އެންމެ ފަހުން އުފެއްދި ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންތް ފީއެންއެފް) އިން މަޖިލިސް އިންތިހާބުގެ ކެމްޕޭނަށް އުތުރުގެ އަތޮޅުތަކަށް މިއަދު ދަތުރެއް ފަށައިފި އެވެ.

ކުރީގެ ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން އުފެއްދި ޕާޓީން ކެމްޕޭނަށް އަތޮޅުތެރެއަށް ރަސްމީކޮށް ކުރާ ފުރަތަމަ ދަތުރުގައި އެންމެ ފުރަތަމަ ގޮސްފައި ވަނީ ކުޅުދުއްފުއްޓަށެވެ.

އެ ސިޓީ އަށް ފަހު ށ. ފުނަދޫ ރ. އުނގޫފާރު ޅ. ނައިފަރު ބ. ގޮއިދޫ އއ. ތޮއްޑު އަށް ކެމްޕޭން ޓީމް ދާނެ އެވެ.

މި ޓީމްގައި އެންމެ އިސްކޮށް ތިއްބެވީ ޕީއެންއެފްގެ ރައީސް އަދި ޔާމީންގެ ދަރިކަލުން ޒޭން ޔާމީނާއި ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލެވެ.

މަޖިލިސް އިންތިހާބު އޮންނާނީ އަންނަ އާދީއްތަ ދުވަހު އެވެ.