ޝާހިދު ކަޕޫރް ޓައިޓްލް ރޯލު ކުޅުނު ފިލްމު "ކަބީރު ސިންގް" އަކީ ކުޅެން ހެޔޮވާވަރުގެ ފިލްމެއް ނޫން ކަމަށާއި އޭގައި ހިއްސާވެވުނީތީ ވަރަށް ބޮޑަށް ހިތާމަކުރާ ކަމަށް އެކްޓަރު އާދިލް ހުސައިން ބުނުމާ ގުޅިގެން، ފިލްމުގެ ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާ ވަރުގަދަ ރައްދެއް ދީފި އެވެ.
އާދިލް ބުނި ގޮތުގައި ޝާހިދާއި ކިއާރާ އަދުވާނީ ލީޑް ރޯލު ކުޅުނު 2019 ގެ ފިލްމަކީ އޭނަ މިހާތަނަށް ސްކްރިޕްޓް ނުކިޔައި ހަމައެކަނި އެއްބަސްވި ފިލްމު ކަމަށެވެ. "ކަބީރު ސިންގް" ގައި އާދިލް ކުޅުނީ މެޑިކަލް ކޮލެޖެއްގެ ޑީންއެއްގެ ރޯލެވެ. އޭނަ ބުނީ ފިލްމަށް އެއްބަސްވި އޭގެ ތެލެގޫ ފިލްމު 2018 ގެ "އަރުޖުން ރެޑީ" ވެސް ނުބަލައި ކަމަށެވެ.
"ކަބީރު ސިންގް ބަލަން ސިނަމާ އަށް ގޮސްފައި އަހަންނަށް އެ ބަލަން ކެތްކޮށްލެވުނީ އެންމެ ވިއްސަކަށް މިނިޓަށް. އެއަށް ފަހު ސިނަމާ އިން ނުކުމެގެން ދިޔައީ،" އެ ފިލްމަކީ އަންހެނުންގެ ބަލިކަށިކަން ދައްކުވައި، ފިރިހެނުންގެ ބާރު އިންތިހާ އަށް ދައްކުވައި ދިން ފިލްމެއްކަން ފާހަގަކޮށް އާދިލް ބުންޏެވެ. "އެއީ އަސްލު އެއީ އަހަރެން ކުޅޭވަރުގެ ފިލްމެއް ވެސް ނޫން. އެއީ އަހަރެންގެ ކެރިއަރުގައި ކުޅެވުނީތީ އަބަދު ވެސް ރިގްރެޓް ކުރާނެ ފިލްމެއް."
Ur 'belief' in 30 art films didn't get as much fame to u as ur 'regret' of 1 BLOCKBUSTER film did 👏https://t.co/BiJIV3UeyO
I regret casting u,knwing that ur greed is bigger than ur passion. NOW I'll save U from the shame by replacing Ur face with AI help👍 Now smile properly 🙂— Sandeep Reddy Vanga (@imvangasandeep) April 18, 2024
އޭނަގެ މި ވާހަކަތައް ގެނެސްދިން ޔޫޓިއުބް ޕޮޑްކާސްޓް އިންޓަވިއުގެ ވީޑިއޯއާ އެކީ ސަންދީޕް ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނީ އާދިލްގެ ކެރިއަރުގައި ކުޅުނު 30 އާޓް ފިލްމާ ނުބައްދަލު މަޝްހޫރުކަމެއް އޭނަ އަށް "ކަބީރު ސިންގް" އިން ލިބިފައިވާ ކަމަށެވެ. އަދި ފިލްމާ ބެހޭ ގޮތުން އާދިލް ދެއްކި ވާހަކަތަކާ ގުޅިގެން، އެ ފިލްމުގައި އޭނަ ބައިވެރި ކުރެވުނީތީ ހިމާތަކުރާ ކަމަށް ވެސް ބުންޏެވެ.
އެހެންވެ ފިލްމުގައި އާދިލްގެ ކެރެކްޓާގެ މޫނު އާޓިފިޝަލް އިންޓެލިޖެންސް އޭއައި) ބޭނުންކޮށްގެން ބަދަލުކޮށްލާނެ ކަމަށް ވެސް ސަންދީޕް ބުންޏެވެ.
ސަންދީޕް މިދިޔަ އަހަރު ރަންބީރް ކަޕޫރާ އެކީ ގެނެސްދިން "އެނިމަލް" އަކީ ވެސް "ކަބީރު ސިންގް" އަށް އަމާޒުވި ކަހަލަ ފާޑުކިޔުންތައް ވަރަށް ބޮޑަށް އަމާޒުވި ފިލްމެކެވެ. އެގޮތުން ބޮލީވުޑްގެ ވަރަށް ގިނަ ބަޔަކު ބެސް ފިލްމަށް ފާޑު ކިޔާފައިވެ އެވެ. އެކަމާ ގުޅިގެން ވެސް ބައެއް މީހުންނަށް ސަންދީޕް ރައްދު ދފައިވެ އެވެ.
ފާހަގަކޮށްލެވޭ ކަމަކީ "ކަބީރް ސިންގް" އާއި "އެނިމަލް" އަކީ ވެސް ބޮކްސް އޮފީހުގައި ވަރަށް ކާމިޔާބު ދެ ފިލްމުކަމެވެ. "އެނިމަލް" އަކީ މިދިޔަ އަހަރުގެ އެންމެ ބޮޑު އެއް ހިޓެވެ. އަދި "ކަބީރު ސިންގް" އަކީ 2019 ގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި އެއް ފިލްމެވެ.
"އެނިމަލް" ގެ ދެވަނަ ބައެއް "އެނިމަލް ޕާކް" ގެ ނަމުގައި ގެނެސްދޭން ވެސް ހަމަޖެހިފައިވެ އެވެ.
"އިންގްލިޝް ވިންގްލިޝް" އާއި "ކަމީނޭ" އާއި "އޭޖެންޓް ވިނޯދު" އަދި "އިޝްގިޔާ" ފަދަ އެތައް ފިލްމެއްގައި މަސައްކަތްކޮށްފައިވާ އާދިލްގެ ކުރިއަށް އޮތް ހިންދީ ފިލްމަކީ ޖުލައިގައި ގެނެސްދޭން ހަމަޖެހިފައިވާ ޖާންވީ ކަޕޫރްގެ "އުލާޖް" އެވެ.