Last Updated: May 4, 23:07
Saturday, May 4, 2024
ޚަބަރު

ހުޅުމާލެ ފޭސް ތިނެއް ހިއްކަން އިތުރު ޑްރެޖަރެއް

މިހާރު ކުރިއަށްދާ ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ ބިން ހިއްކުން އަވަސް ކުރުމުގެ ގޮތުން މައިތުރު ޑުރެޖަރެއް ގެނެސްފި އެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަލަށް އިތުރުކިރި ޑްރެޖަރަކާ އެކީ މިހާރު ދެ ޑްރެޖަރު ބޭނުންކޮށްގެން އިއްޔެ އިން ފެށިގެމް ބިން ހިއްކުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

އެޗްޑީސީން ބުނީ ހުޅުމާލޭ ތިން ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ ދެ ބަޔަކަށް ބަހާލައިގެން ކަމަށެވެ.
އެގޮތުން ފުރަތަމަ ބައިގެ ގޮތުގައި ހިއްކުމަށް ކަނޑައަޅާފައިވާ ސަރަހައްދުގެ 10 ހެކްޓަރު ބިން މިހާރު ހިއްކައި ނިމި، ދެވަނަ ބައިގެ ވެސް ފަސް ހެކްޓަރު ހިއްކާފައިވާ ކަމަށް ބުންޏެވެ.

ހުޅުމާލޭގެ ތިން ވަނަ ފިޔަވަހީގެ ގޮތުގައި މުޅި ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. އޭގެ ތެރެއިން މިހާރު 15 ހެކްޓަރުގެ ބިން ހިއްކައި ވަނީ ނިމިގަ އެވެ.