Last Updated: July 21, 18:02
Wednesday, July 22, 2026
މުނިފޫހިފިލުވުން

ސަލްމާންގެ "ސިކަންދަރު" ގެ ޝޫޓިން އަންނަ މަހު

ދާދި ފަހުން އިއުލާންކުރި ސަލްމާން ޚާންގެ އާ ފިލްމު "ސިކަންދަރު" ގެ ޝޫޓިން އަންނަ މަހު ފަށާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ ޝޫޓިން ފެށުމުގެ ތައްޔާރީތައް މިހާރު ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ. އެކްޝަން ތުރިލާއެއްގެ ގޮތުގައި ހަދާ "ސިކަންދަރު" އަލކީ ސަލްމާންގެ ގާތް އެކުވެރިޔާ ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކޮށް، އޭއާރް މުރްގަދޯސް ޑައިރެކްޓްކުރާ ފިލްމެކެވެ.

މުރްގަދޯސް އަކީ އާމިރު ޚާންގެ ވަރަށް ކާމިޔާބު ފިލްމެއް ކަމަށްވާ 2008 ގެ "ގަޖިނީ" ގެ ޑައިރެކްޓަރެވެ.

"ސިކަންދަރު" ގެ ޝޫޓިން އަންނަ މަހު ފަށަން ތައްޔާރީތައްވަމުން އަންނަ އިރު، މި ފިލްމުގެ ބަތަލާ އަކީ ކާކުކަން އަދި އިއުލާނެއް ނުކުރެ އެވެ. ފިލްމު ބެލުންތެރިންްނަށް ގެނެސްދޭން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ފިތުރު އީދުގަ އެވެ.

ސަލްމާންގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ "ޓައިގާ 3" އެވެ.