Last Updated: May 5, 06:00
Sunday, May 5, 2024
ޚަބަރު

އިންތިހާބަށް ބޭރުގެ އޮބްޒާވްކުރަން އަންނަން ފަށައިފި

މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އޮބްޒާވްކުރަން ރާއްޖެއިން ބޭރުން އޮފިޝަލުންނަށް އަންނަން ފަށައިފި އެވެ.

އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނީ ބޭރުގެ އޮބްޒާވަރުން މިއަދު އައިސް ނިމޭނެ އެވެ. އިއްޔެ ވެސް އެކި ގައުމުތަކުން އޮފިޝަލުން އައުމާ ގުޅިގެން އެ މީހުންނާ އީސީގެ މެންބަރުން ބައްދަލުކުރައްވައި، މަރުހަބާ ވިދާޅުވެފައިވެ އެވެ.

ބޭރުގެ އޮފިޝަލުން ރާއްޖޭގެ އާބާދީ ބޮޑެތި އެކި ސަރަހައްދުތަކުގައި ހަރަކާތްތެރި ވާނެ އެވެ.

މަޖިލިސް އިންތިހާބު އޮބްވާޒް ކުރަން ބޭރުގެ ފަރާތްތަކަށް އަބަދު ވެސް ރާއްޖެއިން ފުރުސަތު ދެ އެވެ. އެގޮތުން މިހާތަނަށް ބޭއްވި ހުރިހާ އިންތިބާހެއްގައި ވެސް ބޭރުގެ އޮފިޝަލުން ބައިވެރިވެފައިވެ އެވެ. އިންތިހާބުތައް އޮބްޒާވްކުރުމަށް ފާހަގަކުރެވޭ ކަންކަމުގެ ރިޕޯޓް ވެސް ބޭރުގެ ފަރާތްތަކުން އާންމުކުރެ އެވެ.

މާދަމާ ބާއްވާ 20 ވަނަ މަޖިލީހުގެ އެންމެ ފަހުގެ ތައްޔާރީތައް އީސީން ކޮށް ނިންމައިފަ އެވެ. ވޯޓްލާން ފަށާނީ ހެނދުނު 8:00 ގަ އެވެ. އަދި ވޯޓްލުން ހަވީރު 5:30 އާ ހަމައަށް ކުރިއަށް ދާނެ އެވެ. ރާއްޖެ އިން ބޭރުން މި ފަހަރު ވޯޓްފޮށި ބަހައްޓަނީ ތިން ގައުމެއްގަ އެވެ. އެއީ އިންޑިއާ، ސްރީ ލަންކާ އަދި މެލޭޝިއާގަ އެވެ.

މަޖިލިސް އިންތިހާބުގެ 93 ދާއިރާ އަށް 368 ކެންޑިޑޭޓުން ވާދަކުރެ އެވެ. މީގެ ތެރޭގައި ހިމެނެނީ ޕާޓީތަކާއި އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުންނެވެ.

މި އިންތިހާބުގައި ވޯޓްލުމުގެ ހައްގު 284،663 މީހަކަށް ލިބިގެންވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ 145،302 ފިރިހެނުންނާއި 139،361 އަންހެނުންނެވެ.