Last Updated: May 4, 23:07
Saturday, May 4, 2024
ޚަބަރު

ސެލޫނަކުން ޑްރަގްސް ފެނިގެން މީހަކު ހައްޔަރަށް

މާލޭގައި ހިންގަމުން އަންނަ ސެލޫންއެއްގައި މަސްތުވާތަކެތި ގެންގުޅޭ ކަމަށް ތުހުމަތު ކުރެވުމާ ގުޅިގެން ބަލައި ފާސްކޮށް، މަސްތުވާތަކެއްޗާ އެކީ މީހަކު ހައްޔަރުކޮށްފި އެވެ.

އެ މައްސަލައިގައި ބަންގްލަދޭޝް މީހަކު ހައްޔަރުކުރީ ގ. މަސްއޮޑި ގޭގައި ހިންގަމުން އަންނަ "މިސްޓަ ޓްރިމް ސެލޫން" އިންނެވެ. ސެލޫން އިއްޔެ ހައްޔަރު މީހާ އަކީ ރޫހުލް އަމީން ކިޔާ 32 އަހަރުގެ މީހެކެވެ. އޭނަ އަކީ އެތަނުގައި ބޯކޮށް މީހާ އެވެ.

މ މައްސަލާގައި އޭނަގެ ބަންދާ ގުޅޭ ގޮތުން ކްރިމިނަލް ކޯޓު ނެރުނު އަމުރުގައިވާ ގޮތުން ސެލޫން އިން 134.59 ގްރާމްގެ ކެނަބިސް ފެނިފައިވެ އެވެ. އެ ފެނިފައި ވަނީ ސެލޫންގެ ވަށްގަނޑެއްގެ ތެރެއިންނެވެ.

މި މައްސަލައާ ގުޅިގެން ރޫހުލްގެ ބަންދަށް 15 ދުވަސް ޖަހާފައިވާ އިރު، އޭނަ އަކީ މަތޫ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުޏެއްގެ ވިސާގައި ރާއްޖޭގައި މަސައްކަތްކުރަމުން އަންނަ މީހެކެވެ.