Last Updated: May 18, 12:02
Saturday, May 18, 2024
ޚަބަރު

ގުޅީފަޅު މަޝްރޫއު ކުރިއަށްދާ ގޮތް ރައީސް ބައްލަވާލައްވައިފި

ފޮޓޯ: ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ

ރައީސް ޑރ. މުހައްމަދު މުއިއްޒު ގުޅީފަޅު މަޝްރޫއު ކުރިއަަށްދާގޮތް ބައްލަވާލައްވައިފިއެވެ.

ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނެފައިވަނީ، ރައީސް މުއިއްޒު ގުޅީފަޅު ބައްލަވާލަން މިއަދު ވަޑައިގެންނެވި ކަމަށެވެ. ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން ގުޅީފަޅު މަޝްރޫއުގެ އަދާހަމަ ރައީސް މުއިއްޒުއަށް އެރުވީ ސްޓޭޓް މިނިސްޓަރު އިބްރާހިމް ޠައާމްއެވެ.

ރައީސް މުއިއްޒުގެ އަރިހުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަދި އެންވާރަމަންޓް މިނިސްޓަރު ތާރިޤް އިބްރާހިމް ބައިވެރިވެވަޑައިގެންފައިވެއެވެ.

ގުޅިފަޅު ހިއްކުމުގެ ދެވަނަ ފިޔަވަހީގެ ދަށުން، ނެދަލެންޑްސްގެ ބޮސްކާލިސް ކުންފުންޏާ ހަވާލުކޮށްގެން އެ ފަޅުން 150 ހެކްޓަރުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ ޖުލައި މަހުއެވެ. އެ މަޝްރޫއުގެ އަގަކީ 130.4 މިލިއަން ޑޮލަރު (2.01 ބިލިއަން ރުފިޔާ)އެވެ.