Last Updated: May 5, 11:17
Sunday, May 5, 2024
ޚަބަރު

ގެއްލުނު ދޯނި ފެނިއްޖެ

މ. މަޑުއްވަރިން މަހަށް ނިކުމެ އުޅެނިކޮށް ގެއްލުނު ދޯނި-

ގެއްލުނު ދޯނި ފެނިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ތިން މީހުންނާ އެކީ ގެއްލިގެން ރެއިން ފެށިގެން ހޯދަމުން ދިޔައީ "ފަރިހި 2" ކިޔާ ދޯންޏެކެވެ. މިއީ މ. މަޑުއްވަރީން ފުރައިގެން ދަތުރުކުރަމުން ދިޔަ ދޯންޏެކެވެ. އެ ދޯނި މަހަށް ނުކުތީ އިއްޔެ ހަވީރު އެވެ. ދޯނީގެ ޚަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކުރީ ވަނީ ރޭ 10:06 ހާއިރު އެވެ. އަދި މަޢުލޫމާތު ފުލުހުން އެމްއެންޑީއެފާ ހިއްސާކުރީ ރޭ 10:45 ހާއިރު އެވެ.

ދޯނި ފެނިފައި ވަނީ ޑްރޯން ބޭނުންކޮށްގެންނާއި ކޯސްޓްގާޑުން ވެސް އިއްޔެ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ. އެމްއެންޑީއެފްއިން މިއަދު ބުނެފައިވާ ގޮތުގައި ދޯނި ހޯދަން ކުރި މަސައްކަތުގެ ތެރޭގައި މިއަދު މެންދުރާ ހަމައަށް 440 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ކަނޑާއި ވައިގެ މަގުން ބަލާފައިވެ އެވެ.

ދޯނި ފެނިފައި ވަނީ، މ. ރަތްމަންދޫގެ 23 ނޯޓިކަލް މޭލު ބޭރުން އިންޖީން ހުއްޓިފަައި ވަނިކޮށް ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އަދި. ދޯނީގައި ތިބި ތިން މީހުންގެ ހާލު ވެސް ރަނގަޅު ކަމަށް ބުންޏެވެ.