Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

ފަރުކޮޅުފުށީގައި މިރޭ ހަވާ އަރުވަނީ

ފަރުކޮޅުފުށީގައި މިރޭ ހަވާ އެރުވުން އޮންނާނެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެތަނުން ބުނީ ހަވާ އަރުވަން ހަމަޖެހިނީ އަމިއްލަ ފަރާތަކުން ބާއްވާ އިވެންޓެއްގައި ކަމަށެވެ. ހަވާ އެރުވުން އޮންނާނީ މިރޭ 9:30 ގަ އެވެ. އަދި ތިން މިނިޓަށް އެކަން ކުރިިއަށް ދާނެ އެވެ.

ކުރިން ރިސޯޓެއްގެ ގޮތުގައި ހިންގި ފަރުކޮޅުފުއްޓަކީ މިހާރު ހުޅުމާލޭގެ ބައެއްގެ ގޮތުގައި އޮންނަ ތަނެކެވެ.

މާލެ ސަރަހައްދުގައި އެންމެ ފަހުން ހަވާ އެރުވީ ފިތުރު އީދު ފާހަގަކުރުމުގެ ގޮތުން ބޭއްވި ޝޯގެ ތެރޭގަ އެވެ.