Last Updated: May 18, 14:59
Saturday, May 18, 2024
ޚަބަރު

މާފުށީގައި އަލިފާން ނިއްވުމުގެ ހިދުމަތް ފަށައިފި

އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިޔު ސާވިސްއިން ފޯރުކޮށްދޭ އަލިފާން ނިއްވުމުގެ ޚިދުމަތް، މިއަދު ކ .މާފުށީގައި ރަސްމީކޮށް ފަށައިފި އެވެ.

އެ ރަށުގައި އަލިފާން ނިއްވުމުގެ ޚިދުމަތް ފެށުމާ ގުޅިގެން، އެ ޚިދުމަތް އިތުރަށް ފުޅާކޮށް ތަރައްޤީ ކުރުމާ ބެހޭގޮތުން މާފުށި ކައުންސިލާއެކު މިއަދު ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫނާއި އެމްއެންޑީއެފްގެ ލީޑަޝިޕުން މަޝްވަރާކުރައްވާފައިވެ އެވެ.

މާފުށްޓަކީ މާލެ ފިޔަވައި ކ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށެއްގައި އަލިފާން ނިއްވުމުގެ ޚިދުމަތް ދޭން ފެށި ފުރަތަމަ ރަށެވެ.

އެމްއެންޑީއެފުން ބުނި އެ ޚިދުމަތް އަތޮޅުގެ އާބާދީ ބޮޑު އިތުރު ރަށްރަށަށް ވެސް ވަނީ ޕްލޭންކޮށްފައިވާ ކަމަށެވެ.