Last Updated: May 4, 19:16
Saturday, May 4, 2024
ކުޅިވަރު

ޗެލްސީ ކަޓުވާލައި ސިޓީ ފައިނަލަށް

ޗެލްސީ 1-0 އިން ބަލިކުރުމަށްފަހު އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލަށް ޗެލްސީ ދަތުރުކޮށްފި އެވެ.

ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ޗެލްސީން ރަނގަޅަށް ކުޅެ، ގޯލުޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ވަނީ ހޯދާފަ އެވެ. އެގޮތުން ގޯލުޖަހާނެ އެންމެ ރަނގަޅު ގިނަ ފުރުސަތުތައް ލިބުނީ ޗެލްސީގެ ފޯވާޑް ނިކޮލަސް ޖެކްސަން އަށް ކަމަށްވާއިރު، ސިޓީގެ ޑިފެންސްގެ ފަހަތުން އޭނާ އަށް ލިބުނު ބޯޅަތަކުގެ ބޭނުން އޭނާ އަށް ހިފިފައެއް ނުވެ އެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ސިޓީ އަށް މެޗުގެ 84 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ބެނާޑޯ ސިލްވާ އެވެ.

އަނިޔާގެ ސަބަބުން ސިޓީގެ ފޯވާޑް އާލިން ހާލަންޑް މި މެޗުގައި ކުޅެފައި ނުވާއިރު، ސިޓީން ފޮނުވާލި ހަމަލާތައް ދިފާއުކުރުމުގައި ޗެލްސީގެ ގޯލްކީޕަރު ޕެޓްރޮވިޗްގެ ހުޝިޔާރުކަން ވަނީ ފެނިގެން ގޮސްފަ އެވެ.

ސިޓީއާ ދެކޮޅަށް އެފްއޭ ކަޕް ފައިނަލުގައި ކުޅޭނީ ދެ ވަނަ ސެމީގައި މެންޗެސްޓާ ޔުނައިޓެޑާއި ކޮވެންޓްރީ ކުޅެގެން މޮޅުވާ ޓީމެެކެވެ.