Last Updated: May 18, 12:02
Saturday, May 18, 2024
ޚަބަރު

9 ޖެހުމާ ހަމައަށް ވޯޓުލީ 8.6 ޕަސެންޓް މީހުން

ފޮޓޯ: އައްޑޫލައިވް

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 09:00 އާ ހަމައަށް ވޯޓުލާފައިވަނީ 8.6 އިންސައްތަ މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމުލަ 284،663 މީހަކަށް ވޯޓްލުމުގެ ހައްގު ލިބިގެންވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ 09:00 އާ ހަމައަށް ވޯޓުލާފައިވަނީ އޭގެތެރެއިން 24،703 މީހުން ކަމަށެވެ. އެއީ ވޯޓުލެވޭ އާބާދީގެ 8.68 އިންސައްތައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ގާއިމުކޮށްފައިވާ ހުރިހާ ވޯޓުލާ މަރުކަޒެއްގެ ވޯޓުނެގުން ވަނީ ފެށިފައެވެ. ވޯޓުލުން ކުރިއަށްދާނީ ހެނދުނު 08:00 އިން ހަވީލު 05:30 އަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ޖުމުލަ 602 ވޯޓު ފޮށި ބަހައްޓާފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އިންތިހާބުގައި 93 ދާއިރާއަކަށް މެންބަރުން އިންތިޚާބު ކުރާނެއެވެ. ޖުމުލަ 368 ކެންޑިޑޭޓުން މި އިންތިހާބުގައި ވާދަކުރެއެވެ.