Last Updated: July 16, 14:08
Thursday, July 16, 2026
ޚަބަރު

އައްޑޫގެ މެޖޯރިޓީ އެމްޑީޕީ އަށް ގެއްލިއްޖެ

ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީން އައްޑޫ ސިޓީގައި ދަމަހައްޓަމުން އައި މެޖޯރިޓީ ގެއްލިއްޖެ އެވެ.

މިހާރު ހިނގަމުންދާ މަޖިލީހުގެ އައްޑޫގެ ހުރިހާ ގޮނޑިއެއް އެމްޑީޕީން ކާމިޔާބުކޮށްފައިވެ އެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާތައް ދައްކާ ގޮތުން ހުޅުދޫ ދާއިރާ އާއި ހިތަދޫ އުތުރު ދާއިރާ އާއި ހިތަދޫ މެދު ދާއިރާ އާއި ފޭދޫ އިތުރު ދާއިރާ ލިބުނީ ސަރުކާރު ހިންގާ ޕީއެންސީއަށެވެ. މިހާތަނަށް ލިބިފައިވާ ނަތީޖާ އިން އެމްޑީޕީ އަށް ކާމިޔާބު ކުރެވުނީ މަރަދޫ ދާއިރާ އާއި ހިތަދޫ ދެކުނު ދާއިރާގެ ގޮނޑި އެވެ. މީދޫ ދާއިރާގެ ގޮނޑި ލިބިފައިވަނީ އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓަކަށެވެ.

އައްޑޫ އަކީ ފެށުނީއްސުރެ އެމްޑީޕީގެ ތާއީދު ބޮޑު ސިޓީއެއްކަން ފާހަގަކޮށްލެވެ އެވެ.