Last Updated: May 3, 22:21
Saturday, May 4, 2024
ދުނިޔެ

ލަންކާގެ ކާރު ރޭހެއްގައި ބަޔަކު މަރުވެއްޖެ

ސްރީ ލަންކާގައި ކުރިއަށް ގެންދާ ކާރު ރޭސް މުބާރާތެއްގެ ތެރޭގައި ކުޅިބަލަން ތިބި ބައެއްގެ ތެރެއަށް ކާރެއް ކާރެއް ވަދެ، ހިނގި ނުރައްކާތެރި ހާދިސާއެއްގައި އިއްޔެ ހަތް މީހަކު މަރުވެ، 21 މީހަކު ޒަހަމްވެއްޖެ އެވެެ.

ޒަހަމްވެ މީހުންނަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ އިރު އެ މީހުންގެ ހާލު ސީރިއަސް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

މީޑިއާތަކުން ބުނީ މި ހާދިސާ ހިނގީ ދިޔަތަލަވަ އަވަށުގެ ފޮކްސް ހިލް ސުޕަކްރޮސްގައި ކުރިއަށް ގެންދިޔަ ރޭހުގައި ކަމަށެވެ. ކުޅިބަލަން ތިބި މީހުންގެ ތެރެއަށް ކާރު ވަދެ، އަނިޔާވެގެން މަރުވި މީހުންގެ ތެރޭގައި ރޭހުގެ އޮފިޝަލުންގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ ހަތަރު މީހަކާއި 8 އަހަރުގެ އަންހެން ކުއްޖެއްގެ އިތުރުން މީހުން އާންމުންގެ ދެ މީހަކު ހިމެނެ އެވެ.

މި ހާދިސާ ފުލުހުން މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. ފުލުހުންގެ ތަރުޖަމާނު ނިހާލް ތަލްޑޫވާ ވިދާޅުވީ އާންމުންގެ ތެރެއަށް ކާރު ވަނީ ދަތުރުކުރަން އޮތް ލޭނުން ބޭރުވެ، ކޮންޓްރޯލް ގެއްލުނުކަން ފާހަގަ ކުރެވިގެން އޮފިޝަލުންތަކެއް އޭގެ ދުވެލި މަޑުކުރަން ދިދަ ހޫހުރުވައި އިޝާރާތް ވެސް ކުރަމުން ދަނިކޮށް ކަމަށެވެ.

އެހެންވެ މި ހާދިސާ ހިނގި އިރު، ޑްރައިވަރު އިން ހާލަތު ދެނަގެތުމަށް ފަހު، އޭނަ އަށް ފިޔަވަޅު އަޅަން ޖެހޭނެ ނަމަ އެކަން ކުރާނެ ކަމަށެވެ. އަދި އޭނަ އަށް ދައުވާ ކުރަން ޖެހޭ ނަމަ އެކަމާ މެދު ތަހުގީގަށް ފަހު ގޮތެއް ނިންމާނެ ކަމަށް ފުލުހުން ބުންޏެވެ.