Last Updated: May 4, 11:48
Saturday, May 4, 2024
ޚަބަރު

މުސްލިމު ވޯލްޑް ލީގު ޖަލްސާ އަށް ޝަހީމު ފުރާވަޑައިގެންފި

މާދަމާ ސައުދީ އަރަބިއްޔާގައި ފަށާ މުސްލިމު ވޯލްޑް ލީގުގެ ސްޕްރީމް ކައުންސިލްގެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށް، އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު އެ ގައުމަށް ފުރާވަޑައިގެންފި އެވެ.

ޖަލްސާ އޮންނާނީ ސައުދީގެ ވެރިރަށް ރިޔާދުގަ އެވެ.

މުސްލިމު ވޯލްޑް ލީގު (ރާބިޠަތުލްޢާލަމީލް އިސްލާމީ) ގެ އެންމެ މަތީ މަޖިލީހުގެ މެންބަރަކަށް ޝަހީމް އައްޔަންކުރީ މި މަހުގެ ކުރީކޮޅި އެވެ. އެ މަޖިލީހަށް އޭނަ ޢައްޔަންކުރެއްވީ ރާބިޠާގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުޙައްމަދު ބިން ޢަބްދުލްކަރީމުލް ޢީސާ އެވެ.

ރާބިޠާގެ އެންމެ މަތީ މަޖިލީހަކީ އިސްލާމީ ދުނިޔޭގައި ފާހަގަކޮށްލެވޭ އިލްމީ ޝަޚުޞިއްޔަތުތައް ހިމެނޭހެން އެކުލެވިގެންވާ ރާބިޠަތުލްޢާލަމިލް އިސްލާމީގެ އެންމެ މަތީ މަޖިލީހެވެ.

ރާބިޠާއަކީ އިސްލާމީ ދުނިޔޭގެ އެންމެ ބޮޑު އިސްލާމީ ބައިނަލްއަޤުވާމީ ޖަމިއްޔާ އެވެ.