Last Updated: May 3, 22:21
Friday, May 3, 2024
މުނިފޫހިފިލުވުން

ސަންޖޭގެ ދަރިފުޅު ރޮނާލްޑޯގެ ކުލަބަށް!

ސަންޖޭ އާއި މާންޔަތާ ދެ ކުދިންނާ އެކީ.

އިންޑިއާގެ ފިލްމީ ތަރި ސަންޖޭ ދަތުގެ ފިރިހެން ދަރިފުޅު ޝަހްރާން ދަތަކީ މިހާރު އާޖެންޓީނާގެ ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެމުން އަންނަ ސައުދީ އަރަބިއްޔާގެ އަލް ނަސްރަށް ނިސްބަތްވާ ކުޅުންތެރިއެއް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މިހާރު އުމުރުން 14 އަހަރުގެ ޝަހްރާން ކުޅެނީ އެ ޓީމްގެ 14 އަހަރުން ދަށުގެ ޓީމަށެވެ. މިދިޔަ ހަފުތާގައި ދުބާއީގައި ހުންނަ ބާސެލޯނާ އެކަޑެމީގައި ދައްކައިލި ފުޓްބޯޅަ ހަރަކާތްތަކެއް ވެސް ޝަރުހާން ވަނީ އޭނަގެ ހުނަރު ދައްކާލައިފަ އެވެ މި ވާހަކަ ޝަހްރާނާއި މަންމަ މާންޔަތާ ދަތު އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފައިވެ އެވެ.

އެ ޕޯސްޓަށް ސަންޖޭ ކުރި ކޮމެންޓެއްގައި ދަރިފުޅާ މެދު ފަހުރުވެރިވާ ކަމަށާއި ކިޔަވައި މޮޅުވެގެން ފުޓްބޯޅަ ކުޅުުންތެރިއަކަށް ވާން ހިތްވަރު ދީފައިވެ އެވެ.

ޝަހްރާން އަކީ ސަންޖޭ އާއި މާންޔަތާ އަށް ލިބުނު އެއްބާނޑު ދެ ކުދިންގެ ތެރެއިން އެކެކެވެ. ކުއްޖާ އެވެ. އަނެއް ކުއްޖާ އަކީ އިގްރާ އަންހެން ކުއްޖެކެވެ. ސަންޖޭހެ ތިބެނީ ޖުމްލަ ތިން ކުދިންނެވެ. އެއީ އޭނަގެ އެންމެ ފުރަތަމަ ކަިއވެންޏަށް ލިބުނު ޓްރިޝަލާ ދަތާ އެކީގަ އެވެ. ޓްރިޝަލާގެ އުމުރަކީ މިހާރު 36 އެވެ.

ސަންޖޭގެ އަންހެނުން މަންޔަތާ އާއި ހަގު ދެ ދަރިން ދިރިއުޅެމުން އަންނަނީ ދުބާއީގަ އެވެ. އެހެންވެ ޝަހްރާން އަލް ނަސްރުގެ 14 ދަށުގެ ޓީމާ އެކީ ފުޓްބޯޅަ ހުނަރު ތަރައްގީ ކުރަމުން އަންނަނީ ވެސް ދުބާއީގަ އެވެ.