Last Updated: May 4, 23:07
Saturday, May 4, 2024
ޚަބަރު

މޯލްޑިވިއަންގެ ކޮލޮމްބޯ ދަތުރުތައް ބުރާސްފަތީގައި

ސްރީ ލަންކާގެ ކޮލަމްބޯ އަށް ގައުމީ އެއާލައިން، މޯލްޑިވިއަނުން އަންނަ ބުރާސްފަތި ދުވަހު ދަތުރުތައް ފަށަން ތައްޔާރުވެއްޖެ އެވެ.

ދަތުރުތަކުގެ ދެކޮޅު ޓިކެޓްގެ އަގަކީ 165 ޑޮލަރެވެ.

މޯލްޑިވިއަނުން ބުނީ ކޮންމެ ހަފުތާ އަކު ދެ ދަތުރު އޮންނާނެ ކަމަށެވެ. އެއީ ބުރާސްފައްޗާއި ހޮނިހިރު ދުވަހު އެވެ. މި ދަތުރުތައް ކުރާނީ އެއާބަސް އޭ320 މަތިންދާ ބޯޓްގަ އެވެ.

މޯލްޑިވިއަންގައި ލަންކާ އަށް ދާ މީހުންނަށް 30 ކިލޯގެ ބެގޭޖް އުފުލޭނެ އެވެ. އަދި ނަވަލޮކާ ލަންކާގެ މަޝްހޫރު ހޮސްޕިޓަލެއް ކަމަށްވާ ހޮސްޕިޓަލުން އެކްސްކުލޫސިވްކޮށް ހިދުމަތްތަކެއް ލިބޭނެ އެވެ.

މޯލްޑިވިއަންއިންގައި ދަތުރުކުރުމަށް އެ އެއާލައިންގެ ވެބްސައިޓުންނާއި މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް އަދި އޮފީހަށް ގޮސްގެން ވެސް ޓިކެޓް ބުކްކުރެވޭނެ އެވެ.