Last Updated: May 4, 23:07
Saturday, May 4, 2024
ޚަބަރު

ރޯދަ ރޯޅިއަށް ބޮޑު ތަރުހީބެއް؛ މި މަހުގެ ނިޔަލަށް

ޝީޝާއިން ވިއްކާ ސައިކަލުތަކެއް / ފޮޓޯ: ޝީޝާ

ރާއްޖޭގެ ހޮންޑާ ސައިކަލް ވިއްކާ ޝީޝާ، މިހާރުގެ ނަމުން ހޮންޑާ މޯލްޑިވްސް އިން ރޯދަ މަހާ ދިމާކޮށް ކުރިއަށް ގެންދިޔަ "ރޯދަ ރޯޅި ޕްރޮމޯޝަން" މި މަހުގެ ދަންމައިލަން ނިންމައިފި އެވެ.

އެ ކުންފުނިން ބުނީ ޕްރޮމޯޝަންގެ މުއްދަތު އިތުރުކުރަން ނިންމީ ކަސްޓަމަރުންގެ ފަރާތުން ޕްރޮމޯޝަނަށް ބޮޑު ތަރުހީބެއް ލިބެމުން އަންނާތީ ކަމަށެވެ.

މި ޕްރޮމޯޝަންގައި ރާއްޖޭގެ ހޮންޑާއިން ސައިކަލެއް ގަނެގެން 100،00ރ. ހޯދުމުގެ ފުރުސަތު ލިބިގެން ދެ އެވެ. ޕްރޮމޯޝަންގެ ދަށުން ރައްޖޭގެ ހޮންޑާ އިން ނަގާ ކޮންމެ ސައިކަލަކަށް 6،000-15،000ރ. އާ ދެމެދުގެ ޑިސްކައުންޓެއް ލިބެ އެވެ. މި ޑިސްކައުންޓު ރާއްޖޭގެ ހޮންޑާ ޝޯރޫމްތަކުން ވިއްކާ ހުރިހާ މޮޑެލްތަކެއްގެ ސައިކަލަކަށް ވެސް ދެ އެވެ.

މިއާ އެކީ މި އަހަރުގެ "ރޯދަ ރޯޅި ޕްރޮމޯޝަން" ގައި ވަނީ ބައެއް މޮޑެލްތަކުގެ ސައިކަލްތަކަށް ކަސްޓަމަރުންނަށް އެންމެ ކަމުދާ ޒީރޯ ފައިނޭންސް ޗާޖް ޕެކޭޖްތަކެއް ވެސް ތަޢާރަފުކޮށްފައެވެ. މި ޙާއްސަ އިންސްޓޯލްމެންޓް ޕެކޭޖްތަކުގެ ދަށުން 50 ޕަސެންޓް ޑައުންޕޭމެންޓް ދައްކައިފި ނަމަ، ބާކީ 12 މަސް ދުވަހަށް އިންސްޓޯލްމެންޓް އެއްވެސް ފައިނޭންސް ޗާޖެއް ނާރާ ގޮތަށް ބަހައިލެވޭނެ އެވެ.

މި ޕެކޭޖްތައް ނެގޭނީ، އެއާބްލޭޑް 160 ސްޕެޝަލް އެޑިޝަން، އެއާ ބްލޭޑް 125 ބްލެކް އެޑިޝަން އަދި ވިޝަން 110 ނަގާ ފަރާތްތަކަށް ކަމަށް ހޮންޑާ މޯލްޑިވްސް އިން ބުންޏެވެ.

އެ ކުންފުނިން ތަޢާރަފުކޮށްފައިވާ އިންސްޓޯލްމެންޓް ހާއްސަ ޕެކޭޖްތަކަށް މޯލްޑިވްސް އިސްލާމިކް ބޭންކް އެމްއައިބީ) ގެ އުޖާލާ ފައިނޭންސިން މެދުވެރިކޮށް ފައިސާ ދެއްކޭނެ އެވެ.

ރާއްޖޭގެ ހޮންޑާ އައުޓްލެޓްތައް މާލެއިން ބޭރުގައި ހުރި ތަންތަނަކީ އައްޑޫ، ފުވައްމުލައް، ލ. ގަން، ގއ. ވިލިނގިލި އަދި ކުޅުދުއްފުއްޓެވެ. މި ތަންތަނުގެ އައުޓްލެޓްތަކުން ހޮންޑާ ބްރޭންޑުގެ އެންމެ ފަހުގެ މޮޑެލްތަކުގެ ސައިކަލުތައް ލިބޭނެ އެވެ. އަދި ކުންފުނީގެ ޕްރޮމޯޝަންތަކާއި އެންމެ ފަހުގެ ސައިކަލުތަކުގެ މައުލޫމާތު 33HONDA އަށް ގުޅައިގެން ހޯދޭނެ އެވެ