Last Updated: May 4, 06:00
Saturday, May 4, 2024
ދުނިޔެ

މެލޭޝިއާގައި ދެ ހެލިކޮޕްޓަރު ވެއްޓި 10 މަރު

މެލޭޝިއާގެ ކަނޑު ސިފައިންގެ ހެލިކޮޕްޓަރުތަކެއް ވައިގެ ތެރޭގައި އެކަތި އަނެކައްޗާ ޖެހި، ވެއްޓި ހިނގި ނުރައްކާތެރި ހާދިސާއެއްގައި 10 މީހަކު މަރުވެއްޖެ އެވެ.

މީޑިއާތަކުން ބުނީ އުތުރު ލުމޫޓްގައި މިއަދު މި ހާދިސާ ހިނގާފައި ވަނީ 90 ވަނަ ނޭވަލް ޑޭގެ ތައްޔާރީތަކަށް ރޯޔަލް މެލޭޝިއަން ނޭވީ ޕެރޭޑަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށް ދިޔަ ރިހާސަލެއްގެ ތެރޭގައި ކަމަށެވެ. މި ހާދިސާގައި ދެ ހެލިކޮޕްޓަރުގައި ތިބި އެންމެން ވެސް ވަނީ މަރުވެފަ އެވެ. މުޑި އަރައި ވެއްޓުނު ދެ ހެލިކޮޕްޓަރު ވެއްޓުނު އިރު އެކަތީގައި ހަތް މީހުން ތިއްބެވެ. އަނެއް ހެލިކޮޕްޓަރުގައި ތިބީ ތިން މީހުންނެވެ.

ހެލިކޮޕްޓަރުތައް ވެއްޓުނު ސަރަހައްދުން ޒަހަމްވި ބަޔަކަށް މިލިޓަރީ ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށް ރޯޔަލް މެލޭޝިއާ ނޭވީން ބުންޏެވެ.

މިދޔަ މަހުގެ ތެރޭގައި މެލޭޝިއާގެ ކޯސްޓްގާޑުގެ ހެލިކޮޕްޓަރެއް ވެސް ޓްރެއިނިއެއްގެ ތެރޭގައި ކަނޑަށް ހަތަރު މީހަކު މަރުވެފައިވެ އެވެ.