Last Updated: May 7, 09:26
Tuesday, May 7, 2024
ޚަބަރު

ވަކިކުރި ސްޓޭޓް މިނިސްޓަރަކު އަލުން މަގާމަށް

ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް މި ސަރުކާރުން އައްޔަންކުރި ބޭފުޅަކު މަގާމުން ވަކިކޮށްފައި ވަނިކޮށް އެ މަގާމަށް އަލުން އޭނަ އަައްޔަންކޮށްފި އެެވެ.

އެއީ މިދިޔަ ނޮވެމްބަރު މަހު 21 ގައި މަގާމަށް އައްޔަންކުރުމަށް ފަހު އެ މަހުގެ 23 ގައި ވަކިކުރި ޏ. ފުވައްމުލައް މިސްކިތްމަގު, މާވޭދު، މުންއިމް އަނީސް އެވެ. ނަމަވެސް އޭރު އޭނަ މަގާމުން ވަކިކުރި ސަބަބެއް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނީ މުއިންމު އަލުން ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަންކޮށްފައިވާ ކަމަށާއި މަރުހަބާ ވެސް ކިޔާ ކަމަށެވެ. ނަމަވެސް އައްޔަންކުރި ވަކި ތާރީހެއް ހާމަކޮށްފައެއް ނުވެ އެވެ.

ޓޫރިޒަމް މިނިސްޓްރީ އަކީ މި ސަރުކާރުގައި ސިޔާސީ މަގާމުތަކުގައި އެންމެ ގިނައިން މުވައްޒަފުން ތިބި މިނިސްޓްރީ އެވެ. އޭގެ ތެރޭގައި 11 ޑެޕިއުޓީ މިނިސްޓަރުންނާއި ތިން ސްޓޭޓް މިނިސްޓަރުންނާއި ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި ނުވަ މީހަކާއި ޕޮލިޓިކަލް ޑިރެކްޓަރުންގެ ގޮތުގައި ދެ މީހަކު ހިމެނެ އެވެ.