Last Updated: May 4, 23:07
Saturday, May 4, 2024
ޚަބަރު

ދެމި ހުންނާނީ ނަމާދުކުރާ މީހުން ސިޔާސީ އިސްސަފަށް ނެރުމަށް

މިނިސްޓަރު އިމްރާން އަބްދުﷲ - ފޮޓޯ: ރައީސް އޮފީސް

ނަމާދުކުރާ މީހުން ސިޔާސީ މަސައްކަތުގެ އިސް ސަފަށް ނެރުމުގެ މަސައްކަތުގައި ދެމި ހުންނާނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ކުރީގެ ހޯމް މިނިސްޓަރުކަންވެސް ކުރެއްވި އިމްރާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިހާތަނަށް ކުރަމުންއައި އަދި އެކަމެއް ކުރުމުގެ މަތީގައި ހަޔާތުގެ ބާކީ އޮތް ބައިގައި ދެމި ހުންނާނީ ފަސްވަގުތު ނަމާދުކުރާ މީހުން ސިޔާސީ މަސައްކަތުގެ އިސް ސަފަށް ނެރެ ބާރުވެރި ކުރުމުގެ މަސައްކަތް ކަމަށެވެ.

އިމްރާން މިހެން ވިދާޅުވިއިރު އޭނާ ވަނީ އެންމެފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައިވެސް ވާދަކުރައްވާފައެވެ.

މަކުނުދޫ ދާއިރާއަށް އިމްރާން ވާދަކުރެއްވިއިރު އޭނާއަށް ލިބިފައިވަނީ 821 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 29.65 އިންސައްތައެވެ. އެ ގޮނޑި ކާމިޔާބު ކުރައްވާފައިވަނީ ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި އާދަމް ޝަފީގެވެ. އޭނާ އަށް 1223 ވޯޓު ލިބުނެވެ.