Last Updated: June 6, 22:05
Saturday, June 6, 2026
ސިޔާސީ

މުއްޓިކާގެ ބަންދަށް ފަސް ދުވަސް

އިދިކޮޅު ފުލުހުންގެ ވާޖިބަށް ހުރަސް އެޅި ކަމަށް ބުނެ ހައްޔަރުކޮށްފައިވާ މުހައްމަދު މުޝްރިފް (މުއްޓިކާ) އިދިކޮޅު ފަރާތްތަކުން ގުޅިގެން "އަނިޔާވެރިކަމާއި ދެކޮޅަށް ދިވެހިން"ގެ ނަމުގައި ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން މިދިޔަ އަންގާރަ ދުވަހުގެ ރޭ ހައްޔަރު ކުރުމަށް ފަހުގެ ބަންދުގެ މުއްދަތަށް ފަސް ދުވަސް ޖަހައިފި އެވެ.

ފޭދު އަށް ނިސްބަތްވާ މުއްޓިކާއަކީ މި ސަރުކާރުގެ ޑިފެންސް މިނިސްޓްރީގެ ކޯޑިނޭޓަރުގެ މަގާމުގައި ހުންނެވުމަށް ފަހު ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ މިދިޔަ މާޗް މަހުގެ 15 ވަނަ ދުވަހު ސަރުކާރުން އިސްތިއުފާ ދެއްވާފައިވާ މީހެކެވެ.

ފުލުހުން ބުނީ މިއަދު އުފަން ދުވަސް ވެސް ފާހަގަ ކުރާ މުއްޓިކާ ބަންދަށް ކްރިމިނަލް ކޯޓުން ފަސް ދުވަސް ދިނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.