Last Updated: May 6, 12:13
Monday, May 6, 2024
ޚަބަރު

ބާރު ސްޕީޑްގައި ދުއްވި ކާރެއް ފޮރުޅާލައިފި

ހުޅުމާލޭގައި ބާރު ސްޕީޑެއްގައި ދުއްވި ކާރެއް މިއަދު ފޮރުޅާލައިފި އެވެ.

މި ހާދިސާ ފުލުހުންނަށް ރިޕޯޓްކުރީ 5:35 އެހާކަންހާއިރެވެ. ކާރު ފުރޮޅައިލީ ބާރު ސްޕީޑްގައި ދުއްވަމުން ދަނިކޮށް ކޮންޓްރޯލުން ނެއްޓިގެން ކަމަށް އެނގިފައިވެ އެވެ. ފުލުހުން ބުނީ މި ހާދިސާގައި ކާރުގެ ފަހަތުގައި އިން އަންހެނަކަށް އަނިޔާވެ، ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ.

ނަމަވެސް އޭނަގެ ހާ،ލު ސީރިއަސްއެއް ނޫނެވެ.

މި ހާދިސާއާ ގުޅިގެން ކާރު ދުއްވަން އިން މީހާގެ ލައިސެންސް ފުލުހުން ވަނީ ހިފަހައްޓައިފަ އެވެ. އަދި މިހާރު މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.