Last Updated: May 4, 23:07
Sunday, May 5, 2024
ޚަބަރު

އެސްޓީއޯ ކޮންސްޓްރަކްޝަންގެ ޝޯރޫމެއް ހުޅުމާލެ އަށް

އެސްޓީއޯގެ ޝޯރޫމެއް ހުޅުމާލޭގައި ރޭ ހުޅުވާލައިފި އެވެ.

އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ހުޅުމާލެ ޝޯރޫމް ހުޅުވަ އިދެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމެވެ.

އެ ކުންފުނީގެ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ މި ޝޯރޫމުން އިމާރާތްކުރުމަށް ބޭނުންވާ ހުރިހާ ސާމާނެއްގެ އިތުރުން މަކިޓާ ޓޫލްސް އާއި ނިޕޯން ފަދަ އެސްޓީއޯގެ އެންމެ މަގުބޫލު ބްރޭންޑްތަކުގެ އުފެއްދުންތައް ލިބޭނެ އެވެ. ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެސްޓީއޯ އިން ބުނީ ހުޅުމާލޭ ޝޯރޫމް ވާނީ ހުޅުމާލޭ ދިރިއުޅޭ ފަރާތްތަކާއި ކޮންސްޓްރަކްޝަން ސިނާއަތުގެ ބައިވެރިންނަށް ލިބިގެންދާ އިތުރު ކުރިއެރުމަކާއި ފަސޭހައަކަށް ކަމަށެވެ. އަދި މިއީ އެއްފުރާޅެއްގެ ދަށުން ޒަމާނީ ކޮންސްޓްރަކްޝަން ހައްލު ލިބޭނޭ ގޮތަށް ހުޅުވި ޝޯރޫމެއް ކަމަށް ބުންޏެވެ.