Last Updated: May 5, 21:32
Sunday, May 5, 2024
ޚަބަރު

ވަންދޫގެ ކައުންސިލްގެ އުމްރާ ދަތުރަށް ހުޅުވާލައިފި

ތ. ވަންދޫ ކައުންސިލުން މި އަހަރު ދޭން ނިންމާފައިވާ އުމްރާ ދަތުރަށް ކުރިމަތިލާން އެ ކައުންސިލުން ހުޅުވާލައިފި އެވެ.

އެ ކައުންސިލުން ބުނީ މިއީ ޑިސެމްބަރު މަހު ދޭން ނިންމާފައިވާ ފުރުސަތެއް ކަމަށެވެ. އެގޮތުން މި އުމްރާ ދަތުރަށް ޝައުގުވެރިވާ ވަންދޫ މީހުންނަށް އެކަމަށް އެދި ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 13 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. އުމްރާ ދަތުރު ދޭނީ މައިގަނޑު ތިން ޝަރުތަކަށް ރިއާޔަތްކޮށެވެ.

އޭގެ ތެރޭގައި ހިމެނެނީ އުމުރުން 18 އަހަރުވެފައިވާ މީހަކަށްވުމާއި ރަށުގެ ރަށްވެއްސަކަށްވުމާއި ކުރިމަތިލާ މީހުންނަކީ ފުރިހަމަ ސިއްޙަތެއްގެ މީހަކަށްވުމެވެ.

އުމްރާ ދަތުރަށް އެދި ހުށަހަޅަން ޖެހެނީ މުއްދަތު ހަމަނުވާ އައިޑީ ކާޑް ނުވަތަ މުއްދަތު ހަމަނުވާ ޕާސްޕޯޓްގެ ކޮޕީއަކާ އެކީގަ އެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު 6780041 އާއި 7980047 އިން ހޯދޭނެ އެވެ.

ވަންދޫ ކައުންސިލުން ދޭ މި އުމްރާ ދަތުރަކީ މިހާރު އޮތް ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ފަސް ކައުންސިލަރުންގެ އިންތިހާބީ ވައުދެކެވެ.