Last Updated: May 6, 09:02
Monday, May 6, 2024
މުނިފޫހިފިލުވުން

އޭއައިއާ ދެކޮޅަށް މި ނުކުންނަނީ ޖޭލޯ!

މިހާރު އިންސާނުންގެ ދިރިއުޅުމުގައި ވަކި ހިއްޕަމުން އަންނަ އާޓިފިޝަލް އިންޓެލިންސް (އޭއައި) އާ ދެކޮޅަށް ބަތަލާ ޖެނިލާ ލޮޕޭޒް (ޖޭލޯ) ކުރާ އާދަޔާހިލާފު މަސައްކަތްތަކެއް ދައްކުވައިދޭ ފިލްމު "އެޓްލަސް" ގެ ޓްރެއިލާ އާންމުކޮށްފި އެވެ.

ޝައުގުވެރި ކަންތައްތަކެއް ދައްކުވައި ދޭ ޓްރެއިލާއާ އެކީ މިއީ ޖޭލޯގެ ވަރަށް ވަރުގަދަ ރޯލެއް ފެންނާނެ ވަރަށް އުންމީދީ ފިލްމެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ސައިންސް ފިކްޝަން އެކްޝަން ތުރިލާއެއްގެ ގޮތުގައި ގެނެސްދޭ "އެޓްލަސް" އަކީ ބްރެޑް ޕޭޓަންގެ ޑައިރެކްޝަނެކެވެ. އޭނަ ކުރިން ގެނެސްދީފައިވާ ފިލްމުތަކުގެ ތެރޭގައި ސޭން އެންޑްރިއަސް (2015)، އިންކާނޭޓް (2016) އަދި ރެމްޕޭޖް (2018) ހިމެނެ އެވެ.

އަންނަ މަހުގެ 24 ގައި ނެޓްފްލިކްސް އަށް ދޫކޮށްލަން ހަމަޖެހިފައިވާ "އެޓްލަސް" ގެ ކާސްޓްގައި ސިމޫ ލިއު، ސްޓާލިން ކޭ ބްރައުން، މާކް ސްޓްރޯންގް އަދި ލާނާ ޕަރީލާ ހިމެނެ އެވެ.

މަޝްހޫރު އެކްޓަރު ބެން އެފްލެކާ ކައިވެނިކޮށްގެން އުޅޭ އަދި ލަވަކިޔުންތެރިއެއްގެ ގޮތުގައި މަޝްހޫރުކަން ހޯދި ޖޭލޯ، 54، ގެ އެންމެ ފަގެ ފިލްމަކީ ފެބްރުއަރީގައި ގެނެސްދިން ރޮމޭންޓިކް ޑްރާމާ މިއުޒިކަލް "ދިސް އިޒް މީ…ނައު: އަ ލަވް ސްޓޯރީ" އެވެ. "އެޓްލަސް" އަށް ފަހު މި އަހަރު "އަންސްޓޮބަލް" ކިޔާ ބައޮގްރަފިކަލް ސްޕޯޓްސް ޑްރާމާއަކުން ވެސް ޖޭލޯ ފެންނާނެ އެވެ.