Last Updated: May 6, 08:53
Monday, May 6, 2024
ޚަބަރު

މިފްކޯ ސީއީއޯގެ ސަސްޕެންޝަން އުވާލައިފި

މިފްކޯގެ އެމްޑީ އަހްމަދު ޝަމާހު ރަޝީދު-

މިފްކޯގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އަހްމަދު ޝަމާހު ރަޝީދުގެ ސަސްޕެންޝަން އުވާލައިފިއެވެ.

މިފްކޯއިން ބުނެފައިވަނީ އެ ކުންފުނީގެ ސީއީއޯގެ ސަސްޕެންޝަން އުވާލާފައިވަނީ އިއްޔެ ކަމަށާއި، ޕީސީބީއިން އެކަން އިއްޔެ ލިޔުމުން އަންގަވާފައިވާ ކަމަށެވެ.

މީގެއިތުރުން މިފްކޯގެ ހިންގުމާ ގުޅޭ އެންމެހާ ކަންކަން މިފްކޯ ބޯޑްގެ އިރުޝާދާއެކު ކުރިއަށް ގެންދިއުމަށް ޕީސީބީން ސީއީއޯއަށް އިރުޝާދު ދެއްވާފައިވާ ކަމަށްވެސް މިފްކޯއިން މައުލޫމާތުދެއެވެ.

ޝަމާހު ސަސްޕެންޑްކުރީ ކޯޕަރޭޓް ގަވަނެންސްއާ ގުޅޭ މައްސަލަތަކެއްގައި އިންކުއަރީއެއް ހެދުމުގެ ގޮތުން މާޗް 18 ވަނަ ދުވަހުއެވެ.

އޭނަގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތަކުގެ ތެރޭގައި ކުންފުނީގެ ވަޒީފާތަކަށް އާއިލީ މީހުން ނެގުމާއި ކުންފުނީގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން ހިމެނެއެވެ. އެހެންނަމަވެސް މި ތުހުމަތުތަށް ޝަމާހު ދޮގުކުރައްވައެވެ.