Last Updated: May 5, 21:32
Sunday, May 5, 2024
ޚަބަރު

ޝާހިދު ބައްޕަގެ ކަށުނަމާދު އަސުރު ނަމާދަށް ފަހު

އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ބައްޕާފުޅު ޝައިހް މޫސާ ޖަމީލްގެ މައްޗަށް ކުރާ ކަށުނަމާދު އަސުރު ނަމާދަށްފަހު ބޭއްވުމަށް ނިންމައިފިއެވެ.

ޝާހިދުގެ ބައްޕާފުޅު އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ކަށުނަމާދު އޮންނާނީ އަސުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ. މައްޔިތާގެ މޫނު ދެއްކުން 11:30 އިން ފެށިގެން އިސްލާމީ މަރުކަޒުގައި ކުރިއަށްދާނެއެވެ.

ޝާހިދުގެ ބައްޕާފުޅު އަވަހާރަވުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު، ނައިބުރައީސް ހުސައިން މުހައްމަދު ލަތީފް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ކުރީގެ ނައިބުރައީސް ފައިސަލް ނަސީމް އަދި ސިޔާސީ އިސްފަރާތްތަކުން ވަނީ ތައުޒިޔާ ވިދާޅުވެފައެވެ.

ޝައިހް މޫސާ ޖަމީލު ދީދީއަކީ ރާއްޖޭގައި ކުރިން ރަސްކަން ކުރި ހުރަވީ ދަރިކޮޅުގެ ބޭފުޅުންގެ ތެރެއިން އެންމެ ފަހުން ދުނިޔޭގައި ހުންނެ އެންމެ ދޮށީ ބޭފުޅާ އެވެ. ދޮންބަންޑާރައިންނަކީ ޝައިހް މޫސާ ޖަމީލުދީދީގެ ފަސް ވަނަ ކާފާފުޅެވެ.