Last Updated: May 6, 10:59
Monday, May 6, 2024
ޚަބަރު

ހިންނަވަރުގައިި ގަސް އިންދާނެ ބަޔަކު ހޯދަނީ

ޅ. ހިންނަވަރުގައި ގަސް އިންދައި، އެ ގަސްތައް ބަލަހައްޓައި ދޭނެ ބަޔަކު ހޯދަން އެ ރަށު ކައުންސިލުން ބީލަމަށް ހުޅުވާލައިފި އެވެ.

ކައުންސިލުން ބުނީ މި މަސައްކަތްކޮށް ދިނުމުގެ މުއްދަތަކީ ހަތަރު މަސް ކަމަށެވެ. އެގޮތުން ކައުންސިލުންދޭ މައުލޫމާތުތަކާ އެއްގޮތަށް ރަށުގެ އެކި ސަރަހައްދުތަކުގައި ގަސް އިންދަން ބޭނުންވާ ކަމަށް ބުންޏެވެ.

އެހެންވެ މި މަސައްކަތްކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް އަންނަ މަހުގެ 7 އާ ހަމައަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. މިކަމާ ގުޅޭ ގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަނެއް މި މަހުގެ 30 ގެ ހެނދުނު 10:00 ހިންނަވަރު ކައުންސިލް އިދާރާގައި އޮންނާނެ އެވެ.